މަސައްކަތް
ނަންބަރު: (IUL)351/351/2025/80
ޕަބްލިޝްކުރި ތާރީޚް: 14 ޑިސެންބަރު 2025
ޕަބްލިޝްކުރި ގަޑި: 14:11
ސުންގަޑި: 21 ޑިސެންބަރު 2025 10:30
އަރިއަތޮޅު ދެކުނުބުރީ މަންދޫ ކައުންސިލްގެ އިދާރާ
ދިވެހިރާއްޖެ
ހުރުމާއި، ކައްކާ ކާންދިނުމާއި އަދި ދޮވެއިސްތިރިކޮށްދޭނެ ފަރާތެއް ހޯދަން ބޭނުންވެއްޖެ

"ކައުންސިލް ކަޕް 2025" ހޭންޑްބޯލް މުބާރާތުގެ ފަނޑިޔާރުކަން ކޮށްދިނުމަށްޓަކައި ގެނައުމަށް ހަމަޖެހިފައިވާ 3 (ތިނެއް) ރެފްރީންގެ ހުރުމާއި، ކެއުން އަދި ދޮވެއިސްތިރިކުރުން ހަމަޖައްސައިދޭނެ ފަރާތެއް ހޯދަން ބޭނުންވެއްޖެއެވެ. މިދެންނެވި މުބާރާތް ކުރިއަށް ގެންދިޔުމަށް ތާވަލްކޮށްފައިވަނީ 27 ޑިސެންބަރު 2025 އިން 30 ޑިސެންބަރު 2025 ގެ ނިޔަލަށެވެ. އެހެންކަމުން މިކަން ކޮށްދިނުމަށް ޝައުގުވެރިވެލައްވާ ފަރާތްތަކުން، ހުރުން ( ދެ ކޮޓަރި) ހަމަޖައްސައިދޭނެ ތަނުގެ ނަމާއި ރެއަކަށް ޖެހޭނެ އަގު، ކާންދޭނެ ތަނުގެ ނަމާއި އަދި މީހަކަށް ދުވާލަކަށް (04 ވޭލާއަށް - ހެނދުނު ސައި، މެންދުރު ކެއުން، ހަވީރު ސައި އަދި ރޭގަނޑު ކެއުން) ކާންދޭނެ އަގު އަދި ދޮވެއިސްތިރިކުރުމަށް މީހަކަށް ދުވާލަކަށް ޖެހޭނެ އަގު ބަޔާންކޮށް ސިޓީއަކުން މިކައުންސިލަށް ނުވަތަ މިކައުންސިލުގެ އީމެއިލް އެޑްރެސް: [email protected] އަށް 21 ޑިސެންބަރު 2025 ވާ އާދިއްތަ ދުވަހުގެ 10:30ގެ ކުރިން އަންގަވައިދެއްވުން އެދެމެވެ. އިސްވެ ދެންނެވުނު ކަންކަމުގެ ތެރެއިން ކޮންމެ ކަމަކަށް ވަކިވަކިންވެސް އަގު ހުށައެޅިދާނެއެވެ.   

          ވީމާ، މިކަން އާންމުކޮށް އެންގުމަށްޓަކައި އިޢުލާންކުރަމެވެ.

14 ޑިސެންބަރު 2025