ދިވެހިރާއްޖޭގެ އިސްލާމީ ޔުނިވަރސިޓީ
ދިވެހިރާއްޖެ
2016 ވަނަ އަހަރުގެ ޖަނަވަރީ ސެމިސްޓަރ ގައި ދިވެހިރާއްޖޭގެ އިސްލާމީ ޔުނިވަރސިޓީގައި ފެށުމަށް ހަމަޖެހިފައިވާ ކޯސްތައް

އިޢުލާން

2016 ވަނަ އަހަރުގެ ޖަނަވަރީ ސެމިސްޓަރ ގައި ދިވެހިރާއްޖޭގެ އިސްލާމީ ޔުނިވަރސިޓީގައި ފެށުމަށް ހަމަޖެހިފައިވާ ކޯސްތައް

  1. ޑިޕްލޮމާ އިން ޓީޗިންގ ޤުރްއާން
  2. ޑިޕްލޮމާ އިން ޓީޗިންގ އިސްލާމިކު ސްޓަޑީޒް

ވީމާ، މި ކޯސްތަކަށް ވަންނަން އެދޭ ފަރާތްތަކުން، ކޯހަށް ވަންނަން އެދޭފޯމު ފުރިހަމަ ކުރެއްވުމަށްފަހު، ފޯމާއެކު ހުށަހަޅަންޖެހޭ ތަކެތި، 30 ނޮވެންބަރު 2015 ވާ ހޯމަ ދުވަހުގެ 13:00 ގެ ކުރިން ޔުނިވަރސިޓީގެ އިދާރާއަށް ހުށަހެޅުއްވުމަށް ދަންނަވަމެވެ. ފޯމު ލިބެން ހުންނާނީ ޔުނިވަރސިޓީގެ ކައުންޓަރުންނެވެ.

މަތީގައި ދެންނެވުނު ކޯސްތަކަށް ބޭނުންވާ ތަޢުލީމީ މިންގަޑުތަކުގެ ތަފުސީލު ތިރީގައި މިވަނީއެވެ.

ޑިޕްލޮމާ

ކުއްލިއްޔާ އޮފް އެޑިއުކޭޝަން

ޑިޕްލޮމާ އިން ޓީޗިންގ ޤުރުއާން

ހ. ސާނަވީ (ޖީ.ސީ.އީ.އޯ ލެވެލްގެ 3 މާއްދާ) ހާސިލުކޮށްފައިވުން. ނުވަތަ،

ށ. އެމް.ކިއު.އޭ ގަބޫލުކުރާ ލެވެލް 3 ގެ ސެޓްފިކެޓެއް ހާސިލުކޮށްފައިވުން. ނުވަތަ،

ނ. ޔުނިވަރސިޓީގެ ފައުންޑޭޝަން ފުރިހަމަ ކޮށްފައިވުން.

ހެނދުނު

30

2 އަހަރު (4 ސެމިސްޓަރ)

(ސެމިސްޓަރ އަކަށް) -/1440

ޑިޕްލޮމާ

ކުއްލިއްޔާ އޮފް އެޑިއުކޭޝަން

ޑިޕްލޮމާ އިން ޓީޗިންގ އިސްލާމިކް ސްޓަޑީޒް

ހ. ސާނަވީ (ޖީ.ސީ.އީ.އޯ ލެވެލްގެ 3 މާއްދާ)  ހާސިލުކޮށްފައިވުން. ނުވަތަ،

ށ. އެމް.ކިއު.އޭ ގަބޫލުކުރާ ލެވެލް 3 ގެ ސެޓްފިކެޓެއް ހާސިލުކޮށްފައިވުން. ނުވަތަ،

ނ. ޔުނިވަރސިޓީގެ ފައުންޑޭޝަން ފުރިހަމަ ކޮށްފައިވުން.

ހެނދުނު

30

2 އަހަރު (4 ސެމިސްޓަރ)

(ސެމިސްޓަރ އަކަށް) -/1440

 

 

 

 

 

 

 

 

 

 

ކޯސްތަކަށް ވަނުމަށް އެދޭފަރާތްތަކަށް ދެވޭ އިރުޝާދު

ކޯހަށް ވަނުމަށް އެދޭ ފަރާތްތަކުން ހުށަހަޅަން ޖެހޭ ތަކެތި:

  • ފުރިހަމަ ކޮށްފައިވާ ކޯހަށް ވަނުމަށް އެދޭ ފޯމު
  • ލިބިފައިވާ ސަނަދުތަކުގެ ވެލިޑޭޓު ކޮށްފައިވާ އަސްލާ އެއްގޮތްކަމުގެ ތައްގަނޑުޖަހާފައިވާ ކޮޕީ.
  • އައިޑީކާޑުގެ ކޮޕީ.
  • ޕާސްޕޯޓު ސައިޒުގެ 2 ފޮޓޯ.
  • ފޯމާއެކު ހުށަހަޅަންޖެހޭ ތަކެތި، ފުރިހަމަނުވާ ފޯމެއް ބަލައިނުގަނެވޭނެއެވެ.
  • ސަނަދުތައް ހުންނަންޖެހޭނީ، މޯލްޑިވްސް ކޮލިފިކޭޝަންސް އޮތޯރިޓީ ނުވަތަ އެމް.ކިޔު.އޭ އިން ސަނަދުގެ ލެވެލް އަންގައިދޭ ތައްގަނޑު ޖަހާފައެވެ.
  • އައިޑީ ކާޑުގެ ކޮޕީ ވެރިފައި ކުރުމަށްޓަކައި އައިޑީކާޑުގެ އަސްލު ހުށަހަޅަން ޖެހޭނެއެވެ. ކޮޕީ ބެލުމަށްފަހު އަސްލު ދޫކުރެވޭނެއެވެ.
  • އަތޮޅުތަކުންހުށަހަޅާ އެޕްލިކޭޝަން ފޯމާއި، އަދި ފޯމާއެކު ހުށަހަޅަންޖެހޭ އެހެނިހެންތަކެތި، ފެކްސް/ އީމެއިލް މެދުވެރިކޮށް ހުށަހަޅާފައިވާނަމަ، ފޮނުވި ތަކެތީގެ އަސްލުތައް، ފުރުޞަތު ލިބިފައިވާ ކޯހުގައި ރަޖިސްޓަރީ ކުރުމުގެ، ލަސްވެގެން 02 ދުވަސްކުރިން ޔުނިވަރސިޓީއަށް ހުށަހަޅަންވާނެއެވެ.
  • ރަޖިސްޓްރޭޝަން އޮންނާނީ 10، 11 ޖަނަވަރީ 2016 ވާ އާދީއްތަ، ހޯމަ ދުވަހުގެ 09.00 ން 12:00 އަށް އިސްލާމިކް ޔުނިވަރސިޓީ ހޯލުގައެވެ.
  • ކޯސްތަކަށް ހޮވޭ ދަރިވަރުންނަށް އޮރިއެންޓޭޝަން އޮންނާނީ 14 ޖަނަވަރީ 2016 ވާ ބުރާސްފަތި ދުވަހުގެ 10.00 ގައި އިސްލާމިކް ޔުނިވަރސިޓީ ހޯލުގައެވެ.
  • ސެމިސްޓަރގެ ކިޔެވުން ފެށޭނީ 17 ޖަނަވަރީ 2016 ވާ އާދީއްތަ ދުވަހުގައެވެ.
  • ކޮންމެ ކޯހެއްވެސް ހިންގޭނީ މަދުވެގެން 15 ދަރިވަރުން އެ ކޯހެއްގައި ބައިވެރިވުމުންނެވެ.
  • އިތުރު މަޢްލޫމާތު ހޯދުމަށް ގުޅުއްވާނީ:  3316870 އަދި 3322718 ނަންބަރަށެވެ.

ކޯހާބެހޭ މަޢުލޫމާތު ޔުނިވަރސިޓީގެ ނޯޓިސް ބޯޑުގައި ބެހެއްޓިފައި ހުންނާނެއެވެ. ފޯމު ދޫކުރުމާއި ބަލައިގަތުން ހަމަޖެހިފައިވަނީ ބަންދުނޫން ކޮންމެ ދުވަހަކު 09:00 ން 13:00 އަށެވެ.

ކޯހަށް ވަނުމަށްއެދޭ ފޯމު ޔުނިވަރސިޓީގެ ކައުންޓަރުން ލިބިވަޑައި ގަންނަވާނެއެވެ.

28 މުޙައްރަމް 1437

10 ނޮވެންބަރު 2015
ހޯދާ