ދިވެހިރާއްޖެ
އިޢުލާން
2016 ވަނަ އަހަރުގެ ޖަނަވަރީ ސެމިސްޓަރ ގައި ދިވެހިރާއްޖޭގެ އިސްލާމީ ޔުނިވަރސިޓީގައި ފެށުމަށް ހަމަޖެހިފައިވާ ކޯސްތައް
- ޑިޕްލޮމާ އިން ޓީޗިންގ ޤުރްއާން
- ޑިޕްލޮމާ އިން ޓީޗިންގ އިސްލާމިކު ސްޓަޑީޒް
ވީމާ، މި ކޯސްތަކަށް ވަންނަން އެދޭ ފަރާތްތަކުން، ކޯހަށް ވަންނަން އެދޭފޯމު ފުރިހަމަ ކުރެއްވުމަށްފަހު، ފޯމާއެކު ހުށަހަޅަންޖެހޭ ތަކެތި، 30 ނޮވެންބަރު 2015 ވާ ހޯމަ ދުވަހުގެ 13:00 ގެ ކުރިން ޔުނިވަރސިޓީގެ އިދާރާއަށް ހުށަހެޅުއްވުމަށް ދަންނަވަމެވެ. ފޯމު ލިބެން ހުންނާނީ ޔުނިވަރސިޓީގެ ކައުންޓަރުންނެވެ.
މަތީގައި ދެންނެވުނު ކޯސްތަކަށް ބޭނުންވާ ތަޢުލީމީ މިންގަޑުތަކުގެ ތަފުސީލު ތިރީގައި މިވަނީއެވެ.
ޑިޕްލޮމާ |
ކުއްލިއްޔާ އޮފް އެޑިއުކޭޝަން |
ޑިޕްލޮމާ އިން ޓީޗިންގ ޤުރުއާން |
ހ. ސާނަވީ (ޖީ.ސީ.އީ.އޯ ލެވެލްގެ 3 މާއްދާ) ހާސިލުކޮށްފައިވުން. ނުވަތަ، ށ. އެމް.ކިއު.އޭ ގަބޫލުކުރާ ލެވެލް 3 ގެ ސެޓްފިކެޓެއް ހާސިލުކޮށްފައިވުން. ނުވަތަ، ނ. ޔުނިވަރސިޓީގެ ފައުންޑޭޝަން ފުރިހަމަ ކޮށްފައިވުން. |
ހެނދުނު |
30 |
2 އަހަރު (4 ސެމިސްޓަރ) |
(ސެމިސްޓަރ އަކަށް) -/1440 |
ޑިޕްލޮމާ |
ކުއްލިއްޔާ އޮފް އެޑިއުކޭޝަން |
ޑިޕްލޮމާ އިން ޓީޗިންގ އިސްލާމިކް ސްޓަޑީޒް |
ހ. ސާނަވީ (ޖީ.ސީ.އީ.އޯ ލެވެލްގެ 3 މާއްދާ) ހާސިލުކޮށްފައިވުން. ނުވަތަ، ށ. އެމް.ކިއު.އޭ ގަބޫލުކުރާ ލެވެލް 3 ގެ ސެޓްފިކެޓެއް ހާސިލުކޮށްފައިވުން. ނުވަތަ، ނ. ޔުނިވަރސިޓީގެ ފައުންޑޭޝަން ފުރިހަމަ ކޮށްފައިވުން. |
ހެނދުނު |
30 |
2 އަހަރު (4 ސެމިސްޓަރ) |
(ސެމިސްޓަރ އަކަށް) -/1440 |
ކޯސްތަކަށް ވަނުމަށް އެދޭފަރާތްތަކަށް ދެވޭ އިރުޝާދު
ކޯހަށް ވަނުމަށް އެދޭ ފަރާތްތަކުން ހުށަހަޅަން ޖެހޭ ތަކެތި:
- ފުރިހަމަ ކޮށްފައިވާ ކޯހަށް ވަނުމަށް އެދޭ ފޯމު
- ލިބިފައިވާ ސަނަދުތަކުގެ ވެލިޑޭޓު ކޮށްފައިވާ އަސްލާ އެއްގޮތްކަމުގެ ތައްގަނޑުޖަހާފައިވާ ކޮޕީ.
- އައިޑީކާޑުގެ ކޮޕީ.
- ޕާސްޕޯޓު ސައިޒުގެ 2 ފޮޓޯ.
- ފޯމާއެކު ހުށަހަޅަންޖެހޭ ތަކެތި، ފުރިހަމަނުވާ ފޯމެއް ބަލައިނުގަނެވޭނެއެވެ.
- ސަނަދުތައް ހުންނަންޖެހޭނީ، މޯލްޑިވްސް ކޮލިފިކޭޝަންސް އޮތޯރިޓީ ނުވަތަ އެމް.ކިޔު.އޭ އިން ސަނަދުގެ ލެވެލް އަންގައިދޭ ތައްގަނޑު ޖަހާފައެވެ.
- އައިޑީ ކާޑުގެ ކޮޕީ ވެރިފައި ކުރުމަށްޓަކައި އައިޑީކާޑުގެ އަސްލު ހުށަހަޅަން ޖެހޭނެއެވެ. ކޮޕީ ބެލުމަށްފަހު އަސްލު ދޫކުރެވޭނެއެވެ.
- އަތޮޅުތަކުންހުށަހަޅާ އެޕްލިކޭޝަން ފޯމާއި، އަދި ފޯމާއެކު ހުށަހަޅަންޖެހޭ އެހެނިހެންތަކެތި، ފެކްސް/ އީމެއިލް މެދުވެރިކޮށް ހުށަހަޅާފައިވާނަމަ، ފޮނުވި ތަކެތީގެ އަސްލުތައް، ފުރުޞަތު ލިބިފައިވާ ކޯހުގައި ރަޖިސްޓަރީ ކުރުމުގެ، ލަސްވެގެން 02 ދުވަސްކުރިން ޔުނިވަރސިޓީއަށް ހުށަހަޅަންވާނެއެވެ.
- ރަޖިސްޓްރޭޝަން އޮންނާނީ 10، 11 ޖަނަވަރީ 2016 ވާ އާދީއްތަ، ހޯމަ ދުވަހުގެ 09.00 ން 12:00 އަށް އިސްލާމިކް ޔުނިވަރސިޓީ ހޯލުގައެވެ.
- ކޯސްތަކަށް ހޮވޭ ދަރިވަރުންނަށް އޮރިއެންޓޭޝަން އޮންނާނީ 14 ޖަނަވަރީ 2016 ވާ ބުރާސްފަތި ދުވަހުގެ 10.00 ގައި އިސްލާމިކް ޔުނިވަރސިޓީ ހޯލުގައެވެ.
- ސެމިސްޓަރގެ ކިޔެވުން ފެށޭނީ 17 ޖަނަވަރީ 2016 ވާ އާދީއްތަ ދުވަހުގައެވެ.
- ކޮންމެ ކޯހެއްވެސް ހިންގޭނީ މަދުވެގެން 15 ދަރިވަރުން އެ ކޯހެއްގައި ބައިވެރިވުމުންނެވެ.
- އިތުރު މަޢްލޫމާތު ހޯދުމަށް ގުޅުއްވާނީ: 3316870 އަދި 3322718 ނަންބަރަށެވެ.
ކޯހާބެހޭ މަޢުލޫމާތު ޔުނިވަރސިޓީގެ ނޯޓިސް ބޯޑުގައި ބެހެއްޓިފައި ހުންނާނެއެވެ. ފޯމު ދޫކުރުމާއި ބަލައިގަތުން ހަމަޖެހިފައިވަނީ ބަންދުނޫން ކޮންމެ ދުވަހަކު 09:00 ން 13:00 އަށެވެ.
ކޯހަށް ވަނުމަށްއެދޭ ފޯމު ޔުނިވަރސިޓީގެ ކައުންޓަރުން ލިބިވަޑައި ގަންނަވާނެއެވެ.
28 މުޙައްރަމް 1437