އެގްރޯ ނޭޝަނަލް ކޯޕަރޭޝަން ޕްރައިވެޓް ލިމިޓެޑް
ދިވެހިރާއްޖެ
" ކޮމިއުނިޓީ ފާމިންގ" ގެ ދަށުން ދޫކުރުމަށް ހަމަޖެހިފައިވާ ދަނޑުބިމާއި ގުޅޭ

            ހައްދުންމަތީ އިސްދޫގައި މި ކުންފުނީގެ ފަރާތުން ޤާއިމްކޮށްފައިވާ ދަނޑުތަކުން ޢާންމު ފަރާތްތަކަށް ބިން ދޫކުރުމަށް ހުޅުވާލަމެވެ. މިގޮތުން ދޫކުރުމަށް ހަމަޖެހިފައިވަނީ، އިޔާދަކުރަނިވި ހަކަތަ ބޭނުންކޮށްގެން ފެންދެވޭ ގޮތަށް، ފެންދޭ ނިޒާމް ޤާއިމްކޮށްފައިވާ 15،000 އަކަފޫޓުގެ 6 (ހައެއް) ބިމެވެ.

            ވީމާ، އިޢުލާނާއެކު ގެޒެޓުކުރެވިފައިވާ، "ލ. އިސްދޫ ކޮމިއުނިޓީ ފާމުން ބިން ދޫކުރުމުގެ އުޞޫލު" ގައިވާ ޝަރުތުތައް ފުރިހަމަވާ ފަރާތްތަކުން ބިމަށް އެދި ފޯމު ހުށަހެޅުމަށް ހުޅުވާލަމެވެ.

            ފޯމު ބަލައިގަތުން ހަމަޖެހިފައިވަނީ 8 ޑިސެމްބަރ 2025 އިން 15 ޑިސެމްބަރ 2025 އަށް، ރަސްމީ ބަންދުނޫން ކޮންމެ ދުވަހެއްގެ ރަސްމީ ގަޑީގައި، ލ. އިސްދޫ ކައުންސިލް އިދާރާއިންނެވެ. އިތުރު މަޢުލޫމާތު ހޯއްދެވުމަށް ގުޅުއްވާނީ މިކުންފުނީގެ ނަންބަރު 3030400 ފޯނާއެވެ.

7 ޑިސެމްބަރ 2025

07 ޑިސެންބަރު 2025
ހޯދާ