ދިވެހިރާއްޖެ
|
ހައްދުންމަތީ އިސްދޫގައި މި ކުންފުނީގެ ފަރާތުން ޤާއިމްކޮށްފައިވާ ދަނޑުތަކުން ޢާންމު ފަރާތްތަކަށް ބިން ދޫކުރުމަށް ހުޅުވާލަމެވެ. މިގޮތުން ދޫކުރުމަށް ހަމަޖެހިފައިވަނީ، އިޔާދަކުރަނިވި ހަކަތަ ބޭނުންކޮށްގެން ފެންދެވޭ ގޮތަށް، ފެންދޭ ނިޒާމް ޤާއިމްކޮށްފައިވާ 15،000 އަކަފޫޓުގެ 6 (ހައެއް) ބިމެވެ. ވީމާ، އިޢުލާނާއެކު ގެޒެޓުކުރެވިފައިވާ، "ލ. އިސްދޫ ކޮމިއުނިޓީ ފާމުން ބިން ދޫކުރުމުގެ އުޞޫލު" ގައިވާ ޝަރުތުތައް ފުރިހަމަވާ ފަރާތްތަކުން ބިމަށް އެދި ފޯމު ހުށަހެޅުމަށް ހުޅުވާލަމެވެ. ފޯމު ބަލައިގަތުން ހަމަޖެހިފައިވަނީ 8 ޑިސެމްބަރ 2025 އިން 15 ޑިސެމްބަރ 2025 އަށް، ރަސްމީ ބަންދުނޫން ކޮންމެ ދުވަހެއްގެ ރަސްމީ ގަޑީގައި، ލ. އިސްދޫ ކައުންސިލް އިދާރާއިންނެވެ. އިތުރު މަޢުލޫމާތު ހޯއްދެވުމަށް ގުޅުއްވާނީ މިކުންފުނީގެ ނަންބަރު 3030400 ފޯނާއެވެ. 7 ޑިސެމްބަރ 2025 |