ކޮޅުމަޑުލު ވޭމަންޑޫ ކައުންސިލްގެ އިދާރާ
ދިވެހިރާއްޖެ
ވޭމަންޑޫ ކައުންސިލްގެ ކުޅިވަރު ހަފްތާ - 2025

         ވޭމަންޑޫގެ ދެޖިންސްގެ ރައްޔިތުންނަށް އަމާޒު ކޮށްގެން ވޭމަންޑޫ ރައްޔިތުންންގެ މެދުގައި އެކުވެރިކަމުގެ ރޫހު އާލާކުރުމާއި، އެއްބައިވަންތަ މުޖުތަމަޢުއެއް ޤާއިމް ކުރުމުގެ މަގުސަދުގައި މިކައުންސިލުން ބާއްވަމުން އަންނަ  "ވޭމަންޑޫ ކައުންސިލްގެ ކުޅިވަރު ހަފުތާ - 2025''  18ޑިސެންބަރު 2025 ގައި ފެށުމަށް ވަނީ ނިންމާފައެވެ.

         ވީމާ، މި ކުޅިވަރު ހަފުތާގައިހިމެނޭ  ޓީމުތަށް 11 ޑިސެންބަރު 2025 ގެ 14:00 ގެ ކުރިން ޓީމް ރެޖިސްޓްރޭޝަން ފޯމް މިކައުންސިލަށް ހުށަހެޅުމަށް ދަންނަވަމެވެ. ޓީމް ރަޖިސްޓްރޭޝަން ފޯމާއި ކުޅިވަރު ހަފުތާގެ ޤަވާއިދު މިކައުންސިލުން ލިބެން ހުންނާނެއެވެ

 

މި ކުޅިވަރު ހަފުތާ ގައި ހިމެނެނީ:

  • އަންހެން އަދި ފިރިހެން ބޭފުޅުންގެ ވޮލީބޯޅަ
  • ފިރިހެން ބޭފުޅުންގެ ފުޓްސަލް
  • އަންހެން ކަނބަލުންގެ ހޭންޑްބޯޅަ
  • ވެޓަރަންސް ހޭންޑްބޯޅަ

 

              މިހެންވެ، މިކަން އާންމުކޮށް އެންގުމަށް އިޢުލާން ކުރީމެވެ.

04 ޑިސެންބަރު 2025
ހޯދާ