މުބާރާތް
ނަންބަރު: (IUL)392-PMS/392/2025/57
ޕަބްލިޝްކުރި ތާރީޚް: 04 ޑިސެންބަރު 2025
ޕަބްލިޝްކުރި ގަޑި: 13:57
ސުންގަޑި:
11 ޑިސެންބަރު 2025 14:00
ކޮޅުމަޑުލު ވޭމަންޑޫ ކައުންސިލްގެ އިދާރާ
ދިވެހިރާއްޖެ
ދިވެހިރާއްޖެ
ވޭމަންޑޫ ކައުންސިލްގެ ކުޅިވަރު ހަފްތާ - 2025
ވޭމަންޑޫގެ ދެޖިންސްގެ ރައްޔިތުންނަށް އަމާޒު ކޮށްގެން ވޭމަންޑޫ ރައްޔިތުންންގެ މެދުގައި އެކުވެރިކަމުގެ ރޫހު އާލާކުރުމާއި، އެއްބައިވަންތަ މުޖުތަމަޢުއެއް ޤާއިމް ކުރުމުގެ މަގުސަދުގައި މިކައުންސިލުން ބާއްވަމުން އަންނަ "ވޭމަންޑޫ ކައުންސިލްގެ ކުޅިވަރު ހަފުތާ - 2025'' 18ޑިސެންބަރު 2025 ގައި ފެށުމަށް ވަނީ ނިންމާފައެވެ.
ވީމާ، މި ކުޅިވަރު ހަފުތާގައިހިމެނޭ ޓީމުތަށް 11 ޑިސެންބަރު 2025 ގެ 14:00 ގެ ކުރިން ޓީމް ރެޖިސްޓްރޭޝަން ފޯމް މިކައުންސިލަށް ހުށަހެޅުމަށް ދަންނަވަމެވެ. ޓީމް ރަޖިސްޓްރޭޝަން ފޯމާއި ކުޅިވަރު ހަފުތާގެ ޤަވާއިދު މިކައުންސިލުން ލިބެން ހުންނާނެއެވެ
މި ކުޅިވަރު ހަފުތާ ގައި ހިމެނެނީ:
- އަންހެން އަދި ފިރިހެން ބޭފުޅުންގެ ވޮލީބޯޅަ
- ފިރިހެން ބޭފުޅުންގެ ފުޓްސަލް
- އަންހެން ކަނބަލުންގެ ހޭންޑްބޯޅަ
- ވެޓަރަންސް ހޭންޑްބޯޅަ
މިހެންވެ، މިކަން އާންމުކޮށް އެންގުމަށް އިޢުލާން ކުރީމެވެ.
04 ޑިސެންބަރު 2025