ދިވެހިރާއްޖެ
މަސައްކަތް
އަންދާސީހިސާބު ބޭނުންވެއްޖެ.
މިޔުނިވަރސިޓީ އިމާރާތުގެ އެތެރެއާއި ބޭރުގެ ބައެއް ތަންތަން މަރާމާތުކޮށް ބަދަލު ގެނައުން.
މިޔުނިވަރސިޓީގެ ނަންބަރު: B/I/2015/72-ފ170 އިޢުލާނާ ގުޅިގެން އެކަށީގެންވާ ތަރުޙީބު ލިބިފައިނުވާތީ އެއިޢުލާން ބާޠިލު ކުރުމަށްފަހު އަލުން އިޢުލާން ކުރީމެވެ.
މި ޔުނިވަރސިޓީން ދޭ މަޢުލޫމާތާ އެއްގޮތަށް މިޔުނިވަރސިޓީ ހިންގާ ޢިމާރާތުގެ އެތެރެއާއި ބޭރުގެ ބައެއްތަންތަން މަރާމާތުކޮށް ބަދަލުތައް ގެންނަން ބޭނުންވެއްޖެއެވެ.
ވީމާ، މިޔުނިވަރސިޓީން ދައްކާ ނަމޫނާއާ އެއްގޮތަށް މިމަސައްކަތް ކޮށްދެއްވުމަށް މިކަމަށް ޝައުޤުވެރިވާ ފަރާތްތަކުން ތިރީގައި މިދަންނަވާ ދުވަސްތަކުގައި މިޔުނިވަރސިޓީއަށް ވަޑައިގެން މަޢުލޫމާތު ސާފުކުރެއްވުމަށްފަހު އަންދާސީހިސާބު ހުށަހެޅުއްވުން އެދެމެވެ.
ތަފުސީލު |
ތާރީޚު |
ދުވަސް |
ގަޑި |
މަޢުލޫމާތު ސާފުކުރުން |
17 ނޮވެންބަރު 2015 |
އަންގާރަ |
10:30 |
އަންދާސީހިސާބު ހުށަހެޅުން |
23 ނޮވެންބަރު 2015 |
ހޯމަ |
10:30 |
މަޢުލޫމާތު ސާފުކުރަން އޮންނަ ގަޑިއަށް ހާޒިރުނުވާ ފަރާތްތަކަށް އަންދާސީހިސާބު ހުށަހެޅުމުގެ ފުރުޞަތު ދެވެން ނޯންނާނެ ވާހަކަ ދެންނެވީމެވެ.
އިތުރު މަޢުލޫމާތު ބޭނުންވެލައްވާނަމަ ޓެލެފޯނު ނަންބަރު: 3322718 އަށް ރަސްމީ ގަޑީގައި ގުޅުއްވުން އެދެމެވެ.
26 މުޙައްރަމް 1437