މަސައްކަތް
ނަންބަރު: 170-B/I/2015/85
ޕަބްލިޝްކުރި ތާރީޚް: 08 ނޮވެންބަރު 2015
ޕަބްލިޝްކުރި ގަޑި: 13:59
ސުންގަޑި: 17 ނޮވެންބަރު 2015 10:30
ދިވެހިރާއްޖޭގެ އިސްލާމީ ޔުނިވަރސިޓީ
ދިވެހިރާއްޖެ
ބައެއްތަންތަން މަރާމާތުކޮށް ބަދަލު ގެނައުން

މަސައްކަތް

އަންދާސީހިސާބު ބޭނުންވެއްޖެ.

މިޔުނިވަރސިޓީ އިމާރާތުގެ އެތެރެއާއި ބޭރުގެ ބައެއް ތަންތަން މަރާމާތުކޮށް ބަދަލު ގެނައުން.

މިޔުނިވަރސިޓީގެ ނަންބަރު: B/I/2015/72-ފ170 އިޢުލާނާ ގުޅިގެން އެކަށީގެންވާ ތަރުޙީބު ލިބިފައިނުވާތީ އެއިޢުލާން ބާޠިލު ކުރުމަށްފަހު އަލުން އިޢުލާން ކުރީމެވެ.

މި ޔުނިވަރސިޓީން ދޭ މަޢުލޫމާތާ އެއްގޮތަށް މިޔުނިވަރސިޓީ ހިންގާ ޢިމާރާތުގެ އެތެރެއާއި ބޭރުގެ ބައެއްތަންތަން މަރާމާތުކޮށް ބަދަލުތައް ގެންނަން ބޭނުންވެއްޖެއެވެ.

ވީމާ، މިޔުނިވަރސިޓީން ދައްކާ ނަމޫނާއާ އެއްގޮތަށް މިމަސައްކަތް ކޮށްދެއްވުމަށް މިކަމަށް ޝައުޤުވެރިވާ ފަރާތްތަކުން ތިރީގައި މިދަންނަވާ ދުވަސްތަކުގައި މިޔުނިވަރސިޓީއަށް ވަޑައިގެން މަޢުލޫމާތު ސާފުކުރެއްވުމަށްފަހު އަންދާސީހިސާބު ހުށަހެޅުއްވުން އެދެމެވެ.

ތަފުސީލު

ތާރީޚު

ދުވަސް

ގަޑި

މަޢުލޫމާތު ސާފުކުރުން

17 ނޮވެންބަރު 2015

އަންގާރަ

10:30

އަންދާސީހިސާބު ހުށަހެޅުން

23 ނޮވެންބަރު 2015

ހޯމަ

10:30

މަޢުލޫމާތު ސާފުކުރަން އޮންނަ ގަޑިއަށް ހާޒިރުނުވާ ފަރާތްތަކަށް އަންދާސީހިސާބު ހުށަހެޅުމުގެ ފުރުޞަތު ދެވެން ނޯންނާނެ ވާހަކަ ދެންނެވީމެވެ.

އިތުރު މަޢުލޫމާތު ބޭނުންވެލައްވާނަމަ ޓެލެފޯނު ނަންބަރު: 3322718 އަށް ރަސްމީ ގަޑީގައި ގުޅުއްވުން އެދެމެވެ.

26 މުޙައްރަމް 1437              

08 ނޮވެންބަރު 2015