ދިވެހިރާއްޖެ
|
އިޢުލާން ދިރާސީ އައު އަހަރު (2026) ނާސަރީ އަދި ބޭބީ ނާސަރީއަށް ކުދިން ވެއްދުމާއި ގުޅޭ
2026 ވަނަ އަހަރަށް ނާސަރީ އަދި ބޭބީ ނާސަރީއަށް އަލަށް ކުދިން ވެއްދުމުގެ ފުރުސަތު ހުޅުވާލަމެވެ. ވީމާ، ނާސަރީ އަދި ބޭބީ ނާސަރީއަށް އަލަށް ކުދިން ވެއްދުމަށް ބޭނުންވާ ފަރާތްތަކުން 05 ޖެނުއަރީ 2026 ވާ ހޯމަ ދުވަހުގެ މެންދުރުފަހު 14:00ގެ ކުރިން ޕްރީސްކޫލަށް ކުދިން ވެއްދުމަށް އެދޭ ފޯމް މި އިދާރާއަށް ހުށަހެޅުއްވުން އެދެމެވެ. އެޕްލިކޭޝަން ފޯމް ދޫކުރުމާއި ބަލައިގަތުން، ރަސްމީ ބަންދުނޫން ކޮންމެ ދުވަހެއްގެ ހެނދުނު 8:00 ން މެންދުރުފަހު 14:00 އަށް ކައުންސިލް އިދާރާގައި ކުރިއަށްދާނެ ވާހަކަ ދެންނެވީމެވެ. އެގޮތުން 2026 ވަނަ އަހަރަށް ޕްރީސްކޫލަށް ކުދިން ވެއްދުމުގެ ގްރޭޑްތަކާއި އުމުރުފުރާތަކުގެ ތަފްސީލް ތިރީގައި މި ދަންނަވަނީއެވެ.
މިއިޢުލާނާއި ގުޅިގެން އިތުރު މަޢުލޫމާތެއް ސާފުކުރައްވަން ބޭނުންފުޅުވާ ފަރާތެއްވާނަމަ މި އިދާރާގެ ފޯން ނަންބަރު 6560018 އަށް ގުޅުއްވައިގެން މަޢުލޫމާތު ސާފުކުރެއްވުން އެދެމެވެ. މިހެންވެ މިކަން ޢާންމުކޮށް އެންގުމަށްޓަކައި އިޢުލާނުކުރީމެވެ. 11 ޖުމާދަލްއާޚިރާ 1447 |
