ޢާންމު މަޢުލޫމާތު
ނަންބަރު: (IUL)285-A.HR/285/2025/92
ޕަބްލިޝްކުރި ތާރީޚް: 01 ޑިސެންބަރު 2025
ޕަބްލިޝްކުރި ގަޑި: 08:54
ސުންގަޑި: 05 ޖަނަވަރީ 2026 14:00
މިލަދުންމަޑުލު ދެކުނުބުރީ ހެނބަދޫ ކައުންސިލްގެ އިދާރާ
ދިވެހިރާއްޖެ
ދިރާސީ އައު އަހަރު (2026) ނާސަރީ އަދި ބޭބީ ނާސަރީއަށް ކުދިން ވެއްދުމާއި ގުޅޭ

އިޢުލާން

ދިރާސީ އައު އަހަރު (2026) ނާސަރީ އަދި ބޭބީ ނާސަރީއަށް ކުދިން ވެއްދުމާއި ގުޅޭ

 

            2026 ވަނަ އަހަރަށް ނާސަރީ އަދި ބޭބީ ނާސަރީއަށް އަލަށް ކުދިން ވެއްދުމުގެ ފުރުސަތު ހުޅުވާލަމެވެ.

          ވީމާ، ނާސަރީ އަދި ބޭބީ ނާސަރީއަށް އަލަށް ކުދިން ވެއްދުމަށް ބޭނުންވާ ފަރާތްތަކުން 05 ޖެނުއަރީ 2026 ވާ ހޯމަ ދުވަހުގެ މެންދުރުފަހު 14:00ގެ ކުރިން ޕްރީސްކޫލަށް ކުދިން ވެއްދުމަށް އެދޭ ފޯމް މި އިދާރާއަށް ހުށަހެޅުއްވުން އެދެމެވެ. އެޕްލިކޭޝަން ފޯމް ދޫކުރުމާއި ބަލައިގަތުން، ރަސްމީ ބަންދުނޫން ކޮންމެ ދުވަހެއްގެ ހެނދުނު 8:00 ން މެންދުރުފަހު 14:00 އަށް ކައުންސިލް އިދާރާގައި ކުރިއަށްދާނެ ވާހަކަ ދެންނެވީމެވެ. އެގޮތުން 2026 ވަނަ އަހަރަށް ޕްރީސްކޫލަށް ކުދިން ވެއްދުމުގެ ގްރޭޑްތަކާއި އުމުރުފުރާތަކުގެ ތަފްސީލް ތިރީގައި މި ދަންނަވަނީއެވެ.  

   ގްރޭޑް

އުމުރުފުރާ

 ބޭބީ ނާސަރީ

2025 ޑިސެމްބަރ 31 އަށް 2 އަހަރު ފުރި 3 އަހަރު ނުފުރޭ ކުދިން

 ނާސަރީ

2025 ޑިސެމްބަރ 31 އަށް 3 އަހަރު ފުރި 4 އަހަރު ނުފުރޭ ކުދިން

    

        

           މިއިޢުލާނާއި ގުޅިގެން އިތުރު މަޢުލޫމާތެއް ސާފުކުރައްވަން ބޭނުންފުޅުވާ ފަރާތެއްވާނަމަ މި އިދާރާގެ ފޯން ނަންބަރު 6560018 އަށް ގުޅުއްވައިގެން މަޢުލޫމާތު ސާފުކުރެއްވުން އެދެމެވެ.

               މިހެންވެ މިކަން ޢާންމުކޮށް އެންގުމަށްޓަކައި އިޢުލާނުކުރީމެވެ.       

11 ޖުމާދަލްއާޚިރާ 1447

 

01 ޑިސެންބަރު 2025