ދިވެހިރާއްޖެ
ނ. ކެނދިކުޅުދޫއިން ދިގުމުއްދަތަށް ކުޅުދޫ އަވަށުން ދޫކުރުމަށް ހަމަޖެހިފައިވާ 2 ދަނޑުބިމުގައި ހުރި ރުއްގަހުގެ ވެރިފަރާތްތައް ހޯދަން ބޭނުންވެއްޖެއެވެ.
ދިގު މުއްދަތަށް ދޫކުރުމަށް ހަމަޖެހިފައިވާ 2 ދަނޑުބިން
މިއީ ނ. ކެނދިކުޅުދޫ ކުޅުދޫ އަވަށުން، ދިގު މުއްދަތަށް ދަނޑުވެރިކަމަށް ދޫކޮށްފައިވާ، ފުޅާމިނުގައި 62 ފޫޓު 9 އިންޗި، ދިގުމިނުގައި 80 ފޫޓު ހުންނަ ބިމެކެވެ. މިބިން އޮންނާނީ ކުޅުދޫ އަވަށުން މިހާރު ދިގު މުއްދަތަށް ދަނޑުވެރިކަމަށް ދޫކޮށްފައިވާ 20،000 އަކަފޫޓުގެ ބިމުގެ އުތުރުން 6 ފޫޓުގެ މަގެއް ދޫކޮށް، އުތުރުން 144 ފޫޓު ދުރަށެވެ.
ނަންބަރުތަކުގެ ތަފްޞީލު
މިސަރަހައްދަށް އަރާ ރުއްގަހުގައި ނަންބަރު ޖަހާފައި ހުންނާނީ 8 އިން ފެށިގެން 46 އާ ހަމައަށް ރަތް ކުލައިގެ ދަވާދުންނެވެ.
ވުމާއެކު، މިބިންތަކުގައި ހުރި ރުއްގަހުގެ ވެރިފަރާތްތަކުން 10 ޑިސެމްބަރ 2025 ވާ ބުދަ ދުވަހުގެ 14:00 ގެ ކުރިން ރުއްގަސް ނަންނޯޓުކުރާ ފޯމް މެދުވެރިކޮށް ފޯމް ހުށަހެޅުމަށް ދަންނަވަމެވެ. ފޯމް ހުށަހަޅާނީ ކެނދިކުޅުދޫ ކައުންސިލް އިދާރާގެ ކައުންޓަރަށެވެ. ނުވަތަ އޮންލައިންކޮށްނަމަ [email protected] މި އީމެއިލް އެޑުރެހަށެވެ. ރުއްގަހުގެ ނަންބަރު ނޯޓުކުރާ ފޯމް، އަދި ސަރަހައްދު އަންގައިދޭ ޗާޓު މިއިޢުލާނާއެކު ގެޒެޓް ކުރަމެވެ. އަދި ރުއްގަސް ނޯޓްކުރާ ފޯމް މިކައުންސިލުގެ ކައުންޓަރުންވެސް ލިބެން ހުންނާނެއެވެ.
ވީމާ، މިކަން ޢާންމުކޮށް އަންގާ އިޢުލާން ކުރީމެވެ.
