ޢާންމު މަޢުލޫމާތު
ނަންބަރު: (IUL)286-MP/286/2025/123
ޕަބްލިޝްކުރި ތާރީޚް: 30 ނޮވެންބަރު 2025
ޕަބްލިޝްކުރި ގަޑި: 14:31
ސުންގަޑި: 10 ޑިސެންބަރު 2025 14:00
މިލަދުންމަޑުލު ދެކުނުބުރީ ކެނދިކުޅުދޫ ކައުންސިލްގެ އިދާރާ
ދިވެހިރާއްޖެ
ކުޅުދޫ އަވަށުން ދޫކުރުމަށް ހަމަޖެހިފައިވާ 2 ދަނޑުބިމުގައި ހުރި ރުއްގަހުގެ ވެރިފަރާތްތައް ހޯދުމާއި ގުޅޭ

ނ. ކެނދިކުޅުދޫއިން ދިގުމުއްދަތަށް ކުޅުދޫ އަވަށުން ދޫކުރުމަށް ހަމަޖެހިފައިވާ 2 ދަނޑުބިމުގައި ހުރި ރުއްގަހުގެ ވެރިފަރާތްތައް ހޯދަން ބޭނުންވެއްޖެއެވެ. 

ދިގު މުއްދަތަށް ދޫކުރުމަށް ހަމަޖެހިފައިވާ 2 ދަނޑުބިން

މިއީ  ނ. ކެނދިކުޅުދޫ ކުޅުދޫ އަވަށުން، ދިގު މުއްދަތަށް ދަނޑުވެރިކަމަށް ދޫކޮށްފައިވާ، ފުޅާމިނުގައި 62 ފޫޓު 9 އިންޗި، ދިގުމިނުގައި 80 ފޫޓު ހުންނަ ބިމެކެވެ. މިބިން އޮންނާނީ ކުޅުދޫ އަވަށުން މިހާރު ދިގު މުއްދަތަށް ދަނޑުވެރިކަމަށް ދޫކޮށްފައިވާ 20،000 އަކަފޫޓުގެ ބިމުގެ އުތުރުން 6 ފޫޓުގެ މަގެއް ދޫކޮށް، އުތުރުން 144 ފޫޓު ދުރަށެވެ.

ނަންބަރުތަކުގެ ތަފްޞީލު

މިސަރަހައްދަށް އަރާ ރުއްގަހުގައި ނަންބަރު ޖަހާފައި ހުންނާނީ 8 އިން ފެށިގެން 46 އާ ހަމައަށް ރަތް ކުލައިގެ ދަވާދުންނެވެ.

ވުމާއެކު، މިބިންތަކުގައި ހުރި ރުއްގަހުގެ ވެރިފަރާތްތަކުން 10 ޑިސެމްބަރ 2025 ވާ ބުދަ ދުވަހުގެ 14:00 ގެ ކުރިން ރުއްގަސް ނަންނޯޓުކުރާ ފޯމް މެދުވެރިކޮށް ފޯމް ހުށަހެޅުމަށް ދަންނަވަމެވެ. ފޯމް ހުށަހަޅާނީ ކެނދިކުޅުދޫ ކައުންސިލް އިދާރާގެ ކައުންޓަރަށެވެ. ނުވަތަ އޮންލައިންކޮށްނަމަ [email protected] މި އީމެއިލް އެޑުރެހަށެވެ. ރުއްގަހުގެ ނަންބަރު ނޯޓުކުރާ ފޯމް، އަދި ސަރަހައްދު އަންގައިދޭ ޗާޓު މިއިޢުލާނާއެކު ގެޒެޓް ކުރަމެވެ. އަދި ރުއްގަސް ނޯޓްކުރާ ފޯމް މިކައުންސިލުގެ ކައުންޓަރުންވެސް ލިބެން ހުންނާނެއެވެ.

ވީމާ، މިކަން ޢާންމުކޮށް އަންގާ އިޢުލާން ކުރީމެވެ.

30 ނޮވެންބަރު 2025