މިލަދުންމަޑުލު އުތުރުބުރީ ޅައިމަގު ކައުންސިލްގެ އިދާރާ
ދިވެހިރާއްޖެ
ރުއްގަހުގެ ވެރިފަރާތް ހޯދުމާއި ޝަކުވާއެއްވޭތޯ ބެލުން

މިރަށު ޕަމްޕް ސްޓޭޝަންގެ ހުޅަނގުން ކަނޑޫފާ ކޯރުގެ އުތުރަށް، ވޭސްޓް މެނޭޖްމެންޓް ސެންޓަރ ޤާއިމްކުރުމަށް ލޭންޑްޔޫސް ޕްލޭނުގައި ކަނޑައަޅާފައިވާ ބިމުގައި ހުރި ރުއްގަހުގެ ވެރިފަރާތް ހޯދުމާއި ވެރިފަރާތާމެދު އެއްވެސް ޝަކުވާއެއް ވޭތޯ ބެލުމަށް ބޭނުންވެއެވެ.

ވީމާ، އެ ބިމުގައި މިއިދާރާއިން 1 ން 52 ށް ރަތްކުލައިން ކަނޑާ ނަންބަރު ޖަހާ، ރަތްބަންދު އަޅާފައިވާ ރުއްގަހުގައި، އެރުއްގަހުގެ ވެރިފަރާތުގެ ނަމާއި ގޭގެ ނަންބަރު ނުވަތަ ގޭގެ ނަން ޖެއްސެވުމަށްފަހު އެކަން 4 ޑިސެމްބަރ 2025 ވާ ބުރާސްފަތި ދުވަހުގެ އޮފީސް ބަންދުވުމުގެ ކުރިން މިއިދާރާއަށް އެންގެވުމަށް ދަންނަވަމެވެ. މިގޮތަށް އަންގަވާއިރު އެތަކެތީގެ ލިސްޓެއް މިއިދާރާއިން ޖަހާފައިވާ ކަނޑާނަންބަރު އިގޭނެގޮތަށް ހުށަހެޅުމަށްވެސް ދަންނަވަމެވެ. އަދި މިރުއްގަހު މައްސަލައާއި ގުޅިގެން އެއްވެސް ފަރާތެއްގެ ޝަކުވާއެއްވާނަމަ 4 ޑިސެމްބަރ 2025 ވާ ބުރާސްފަތި ދުވަހުގެ 13:00ގެ ކުރިން މިއިދާރާއަށް އެކަން ލިޔުމަކުން  އެންގެވުމަށް ދަންނަވަމެވެ. އަދި މިމުއްދަތުގެ ތެރޭގައި އެތަކެތީގެ ނަންބަރު ޖަހާފައި ނުވާނަމަ އަދި ޝަކުވާއެއް ނުވާނަމަ ބެލެވޭނީ އެތަކެތީގެ ވެރިފަރާތް ނުވަތަ ޝަކުވާއެއް ނެތީކަމުގައެވެ.

     މިހެންވެމިކަން ޢާންމުކޮށް އެންގުމަށްޓަކާ އިޢުލާންކުރީމެވެ.

27 ނޮވެންބަރު 2025
ހޯދާ