ދިވެހިރާއްޖެ
މިރަށު ޕަމްޕް ސްޓޭޝަންގެ ހުޅަނގުން ކަނޑޫފާ ކޯރުގެ އުތުރަށް، ވޭސްޓް މެނޭޖްމެންޓް ސެންޓަރ ޤާއިމްކުރުމަށް ލޭންޑްޔޫސް ޕްލޭނުގައި ކަނޑައަޅާފައިވާ ބިމުގައި ހުރި ރުއްގަހުގެ ވެރިފަރާތް ހޯދުމާއި ވެރިފަރާތާމެދު އެއްވެސް ޝަކުވާއެއް ވޭތޯ ބެލުމަށް ބޭނުންވެއެވެ.
ވީމާ، އެ ބިމުގައި މިއިދާރާއިން 1 ން 52 ށް ރަތްކުލައިން ކަނޑާ ނަންބަރު ޖަހާ، ރަތްބަންދު އަޅާފައިވާ ރުއްގަހުގައި، އެރުއްގަހުގެ ވެރިފަރާތުގެ ނަމާއި ގޭގެ ނަންބަރު ނުވަތަ ގޭގެ ނަން ޖެއްސެވުމަށްފަހު އެކަން 4 ޑިސެމްބަރ 2025 ވާ ބުރާސްފަތި ދުވަހުގެ އޮފީސް ބަންދުވުމުގެ ކުރިން މިއިދާރާއަށް އެންގެވުމަށް ދަންނަވަމެވެ. މިގޮތަށް އަންގަވާއިރު އެތަކެތީގެ ލިސްޓެއް މިއިދާރާއިން ޖަހާފައިވާ ކަނޑާނަންބަރު އިގޭނެގޮތަށް ހުށަހެޅުމަށްވެސް ދަންނަވަމެވެ. އަދި މިރުއްގަހު މައްސަލައާއި ގުޅިގެން އެއްވެސް ފަރާތެއްގެ ޝަކުވާއެއްވާނަމަ 4 ޑިސެމްބަރ 2025 ވާ ބުރާސްފަތި ދުވަހުގެ 13:00ގެ ކުރިން މިއިދާރާއަށް އެކަން ލިޔުމަކުން އެންގެވުމަށް ދަންނަވަމެވެ. އަދި މިމުއްދަތުގެ ތެރޭގައި އެތަކެތީގެ ނަންބަރު ޖަހާފައި ނުވާނަމަ އަދި ޝަކުވާއެއް ނުވާނަމަ ބެލެވޭނީ އެތަކެތީގެ ވެރިފަރާތް ނުވަތަ ޝަކުވާއެއް ނެތީކަމުގައެވެ.
މިހެންވެމިކަން ޢާންމުކޮށް އެންގުމަށްޓަކާ އިޢުލާންކުރީމެވެ.