ދިވެހިރާއްޖެ
ޤާނޫނު ނަންބަރު 6/2024 (ކާބޯތަކެތީގެ ރައްކާތެރިކަމުގެ ޤާނޫނު) ޤާނޫނާއި އެ ޤާނޫނުގެ ދަށުން އެކުލަވާލާފައިވާ ގަވާއިދުތަކުގައި ބަޔާންކޮށްފައިވާ މިންގަނޑުތަކާ ޚިލާފަށް ހުންނަ ކާބޯތަކެތި ހިފެހެއްޓުމާއި ނެގުމާއި، ބާޒާރަށް ނެރެފައިވާ ކާބޯތަކެތީގެ ބާވަތެއް ބާޒާރުން ނެގުމުގެ ޝަރުޠުތަކާއި ހަމަތަކާއި، އަނބުރާ ނަގާ ޙާލަތުގައި ޢަމަލުކުރަންޖެހޭ އުސޫލުތައް ބަޔާންކުރުމާއި، އެ ޤާނޫނުގެ ދަށުން އޮތޯރިޓީން އަންގައިގެން ނައްތާލަންޖެހޭ ކާބޯތަކެތި ނައްތާލުމުގައި ޢަމަލުކުރަންޖެހޭ އުސޫލުތައް ބަޔާންކުރުމަށްޓަކައި، އެ ޤާނޫނުގެ 65 ވަނަ މާއްދާއާއި 71 ވަނަ މާއްދާއަށް ރިޢާޔަތްކޮށް އެކުލަވާލާފައިވާ "ކާބޯތަކެތި ނެގުމާއި، ރިކޯލްކުރުމާއި، ނައްތާލުމުގެ އިޖުރާއަތު ބަޔާންކުރުމުގެ ގަވާއިދު" އަށް އާންމުންގެ ޚިޔާލަށް ހުޅުވާލަމެވެ.
މި ގަވާއިދަށް ޚިޔާލު ހުށަހަޅުއްވަން ބޭނުންފުޅުވާ ފަރާތްތަކުން، 2025 ޑިސެންބަރު 02 ވާ އަންގާރަ ދުވަހުގެ 14:00 ގެ ކުރިން، މި އޮތޯރިޓީގެ އީމެއިލް އެޑްރެސް [email protected] އަށް ފޮނުއްވުން އެދެމެވެ.
ގަވާއިދުގެ ކޮޕީ ތިރީގައިވާ ލިންކުން ޑައުންލޯޑް ކުރެވޭނެއެވެ. ވީމާ، މިކަން އާންމުކޮށް އަންގައި އިޢުލާން ކުރީމެވެ.
14 ޖުމާދަލްއޫލާ 1447
05 ނޮވެމްބަރު 2025
