ޢާންމު މަޢުލޫމާތު
ނަންބަރު: (IUL)182-FRP/182/2025/50
ޕަބްލިޝްކުރި ތާރީޚް: 06 ނޮވެންބަރު 2025
ޕަބްލިޝްކުރި ގަޑި: 08:20
ސުންގަޑި: 02 ޑިސެންބަރު 2025 00:00
މޯލްޑިވްސް ފުޑް އެންޑް ޑްރަގް އޮތޯރިޓީ
ދިވެހިރާއްޖެ
ކާބޯތަކެތި ނެގުމާއި، ރިކޯލްކުރުމާއި، ނައްތާލުމުގެ އިޖުރާއަތު ބަޔާންކުރުމުގެ ގަވާއިދަށް އާންމުންގެ ޚިޔާލު ހޯދުން

ޤާނޫނު ނަންބަރު 6/2024 (ކާބޯތަކެތީގެ ރައްކާތެރިކަމުގެ ޤާނޫނު) ޤާނޫނާއި އެ ޤާނޫނުގެ ދަށުން އެކުލަވާލާފައިވާ ގަވާއިދުތަކުގައި ބަޔާންކޮށްފައިވާ މިންގަނޑުތަކާ ޚިލާފަށް ހުންނަ ކާބޯތަކެތި ހިފެހެއްޓުމާއި ނެގުމާއި، ބާޒާރަށް ނެރެފައިވާ ކާބޯތަކެތީގެ ބާވަތެއް ބާޒާރުން ނެގުމުގެ ޝަރުޠުތަކާއި ހަމަތަކާއި، އަނބުރާ ނަގާ ޙާލަތުގައި ޢަމަލުކުރަންޖެހޭ އުސޫލުތައް ބަޔާންކުރުމާއި، އެ ޤާނޫނުގެ ދަށުން އޮތޯރިޓީން އަންގައިގެން ނައްތާލަންޖެހޭ ކާބޯތަކެތި ނައްތާލުމުގައި ޢަމަލުކުރަންޖެހޭ އުސޫލުތައް ބަޔާންކުރުމަށްޓަކައި، އެ ޤާނޫނުގެ 65 ވަނަ މާއްދާއާއި 71 ވަނަ މާއްދާއަށް ރިޢާޔަތްކޮށް އެކުލަވާލާފައިވާ "ކާބޯތަކެތި ނެގުމާއި، ރިކޯލްކުރުމާއި، ނައްތާލުމުގެ އިޖުރާއަތު ބަޔާންކުރުމުގެ ގަވާއިދު" އަށް އާންމުންގެ ޚިޔާލަށް ހުޅުވާލަމެވެ.

     މި ގަވާއިދަށް ޚިޔާލު ހުށަހަޅުއްވަން ބޭނުންފުޅުވާ ފަރާތްތަކުން، 2025 ޑިސެންބަރު 02 ވާ އަންގާރަ ދުވަހުގެ 14:00 ގެ ކުރިން، މި އޮތޯރިޓީގެ އީމެއިލް އެޑްރެސް [email protected]   އަށް ފޮނުއްވުން އެދެމެވެ.

     ގަވާއިދުގެ ކޮޕީ ތިރީގައިވާ ލިންކުން ޑައުންލޯޑް ކުރެވޭނެއެވެ. ވީމާ، މިކަން އާންމުކޮށް އަންގައި އިޢުލާން ކުރީމެވެ.

ލިންކް: https://mfda.gov.mv/dv/downloads/kaaboathakethi-negumaai-rikoalkurumaai-nahthaalumuge-ijuraaathu-bayaankurumuge-gavaaidhu

14 ޖުމާދަލްއޫލާ 1447

05  ނޮވެމްބަރު 2025

 

06 ނޮވެންބަރު 2025