ދިވެހިރާއްޖެ
އިޢުލާން
މިނިސްޓްރީ އޮފް އިކޮނޮމިކް ޑިވެލޮޕްމަންޓުގެ ދަށުން ޤާއިމުކުރެވިފައިވާ ބިޒްނަސް ސެންޓަރުތަކަށް (ބީ. ސީ) ތިރީގައިވާ މަސައްކަތްކޮށްދޭނެ ފަރާތެއް ބޭނުންވާތީ މިކަމަށް ކުރިމަތިލައްވަން އެދޭ ފަރާތްތަކުން ޕްރޮޕޯސަލް ހުށަހެޅުއްވުމަށް ފުރުޞަތު ހުޅުވާލަމެވެ.
- ކޮންސަލްޓަންސީ ސަރވިސް: މިނިސްޓްރީގެ ދަށުން ޤާއިމުކޮށްފައިވާ ބިޒްނަސް ސެންޓަރ އަދި ބޮއްޔަށް ބޭނުންވާ ޕްރޮމޯޝަން އަދި މާރކެޓިންގއަށް ބޭނުންވާ ތަކެތި ތައްޔާރުކުރުމަށް
މިނިސްޓްރީއަށް މިކަމަށް އެދި ޕްރޮޕޯސަލް ހުށަހަޅުއްވާއިރު ތިރީގައި ދެންނެވިފައިވާ ލިޔުންތައް ހުށަހަޅުއްވަންވާނެއެވެ.
- މަސައްކަތްކުރިއަށް ގެންދިއުމަށް ނިންމަވާފައިވާ ގޮތް
- ކުންފުނީގެ ޕްރޮފައިލް
- ޕްރޮޕޯސް ޓައިމްލައިން
- ޕްރޮޕޯސް ބަޖެޓް
މިކަމަށް ޝައުގުވެރިވާ ފަރާތްތަކުން މިނިސްޓްރީގެ ވެބްސައިޓްގައިވާ ޓާރމްސް އޮފް ރިފަރެންސްގައިވާ ގޮތުގެ މަތިން، 12 ނޮވެންބަރު 2015 ގެ 12:00 ގެކުރިން، ލިޔުންތައް ތިރީގައިވާ އެޑްރެހަށް ހުށަހެޅުއްވުން އެދެމެވެ.
ޓާރމްސް އޮފް ރިފަރެންސް މި މިނިސްޓްރީގެ ވެބްސައިޓް http://www.trade.gov.mv އިން ލިބިލައްވާނެއެވެ. ސިޓީއުރައިގައި ކޮންސަލްޓަންސީ ސަރވިސް ފޮރ ބީ.ސީ އަދި ބޮލި' މިހެން ލިޔެފައި އޮންނަންވާނެއެވެ.
މިކަމަށް ކުރިމަތިލައްވަން އެދޭ ފަރާތުން ޕްރޮޕޯސަލް ހުށަޅާނީ:
މިނިސްޓްރީ އޮފް އިކޮނޮމިކް ޑިވެލޮޕްމަންޓް
ބޮޑުތަކުރުފާނު މަގު، މާލެ، ދިވެހިރާއްޖެ.
ފޯނު: 3333155 (960)+
އީމެއިލް: [email protected]
15 މުޙައްރަމް 1437