މަސައްކަތް
ނަންބަރު: (IUL)101-EP/1/2015/151
ޕަބްލިޝްކުރި ތާރީޚް: 28 އޮކްޓޫބަރު 2015
ޕަބްލިޝްކުރި ގަޑި: 11:21
ސުންގަޑި: 12 ނޮވެންބަރު 2015 12:00
މިނިސްޓްރީ އޮފް އިކޮނޮމިކް ޑިވެލޮޕްމަންޓް
ދިވެހިރާއްޖެ
ކޮންސަލްޓަންސީ ސަރވިސް ދޭނެ ފަރާތެއް ހޯދުމަށް

އިޢުލާން

މިނިސްޓްރީ އޮފް އިކޮނޮމިކް ޑިވެލޮޕްމަންޓުގެ ދަށުން ޤާއިމުކުރެވިފައިވާ ބިޒްނަސް ސެންޓަރުތަކަށް (ބީ. ސީ) ތިރީގައިވާ މަސައްކަތްކޮށްދޭނެ ފަރާތެއް ބޭނުންވާތީ މިކަމަށް ކުރިމަތިލައްވަން އެދޭ ފަރާތްތަކުން ޕްރޮޕޯސަލް ހުށަހެޅުއްވުމަށް ފުރުޞަތު ހުޅުވާލަމެވެ.

- ކޮންސަލްޓަންސީ ސަރވިސް: މިނިސްޓްރީގެ ދަށުން ޤާއިމުކޮށްފައިވާ ބިޒްނަސް ސެންޓަރ އަދި ބޮއްޔަށް ބޭނުންވާ ޕްރޮމޯޝަން އަދި މާރކެޓިންގއަށް ބޭނުންވާ ތަކެތި ތައްޔާރުކުރުމަށް

މިނިސްޓްރީއަށް މިކަމަށް އެދި ޕްރޮޕޯސަލް ހުށަހަޅުއްވާއިރު ތިރީގައި ދެންނެވިފައިވާ ލިޔުންތައް ހުށަހަޅުއްވަންވާނެއެވެ.

  • މަސައްކަތްކުރިއަށް ގެންދިއުމަށް ނިންމަވާފައިވާ ގޮތް
  • ކުންފުނީގެ ޕްރޮފައިލް
  • ޕްރޮޕޯސް ޓައިމްލައިން
  • ޕްރޮޕޯސް ބަޖެޓް

މިކަމަށް ޝައުގުވެރިވާ ފަރާތްތަކުން މިނިސްޓްރީގެ ވެބްސައިޓްގައިވާ ޓާރމްސް އޮފް ރިފަރެންސްގައިވާ ގޮތުގެ މަތިން، 12 ނޮވެންބަރު 2015 ގެ 12:00 ގެކުރިން، ލިޔުންތައް ތިރީގައިވާ އެޑްރެހަށް ހުށަހެޅުއްވުން އެދެމެވެ.

ޓާރމްސް އޮފް ރިފަރެންސް މި މިނިސްޓްރީގެ ވެބްސައިޓް http://www.trade.gov.mv އިން ލިބިލައްވާނެއެވެ. ސިޓީއުރައިގައި ކޮންސަލްޓަންސީ ސަރވިސް ފޮރ ބީ.ސީ އަދި ބޮލި' މިހެން ލިޔެފައި އޮންނަންވާނެއެވެ.

މިކަމަށް ކުރިމަތިލައްވަން އެދޭ ފަރާތުން ޕްރޮޕޯސަލް ހުށަޅާނީ:

މިނިސްޓްރީ އޮފް އިކޮނޮމިކް ޑިވެލޮޕްމަންޓް                     

ބޮޑުތަކުރުފާނު މަގު، މާލެ، ދިވެހިރާއްޖެ.         

ފޯނު: 3333155 (960)+

އީމެއިލް: [email protected]

‏15‏ މުޙައްރަމް‏ 1437

28 އޮކްޓޫބަރު 2015