ފެމިލީ ކޯޓް
ދިވެހިރާއްޖެ
މީޑިއޭޓަރ

އިޢުލާން

ވަޒީފާގެ ފުރުޞަތު:

މި ކޯޓުގެ މީޑިއޭޓަރގެ މަޤާމަށް މީހަކު ހޯދުމަށްޓަކައި 6 އޮކްޓޫބަރު 2015 ގައި ކޮށްފައިވާ 146A1/2015/184 ނަންބަރުގެ އިޢުލާނާ ގުޅިގެން އެކަށީގެންވާ އަދަދަކަށް މީހުން ކުރިމަތިލާފައިނުވާތީ، އެ އިޢުލާން ބާޠިލްކޮށް، އަލުން އިޢުލާން ކުރަމެވެ.

މަޤާމު:

މީޑިއޭޓަރ

ބޭނުންވާ އަދަދު:

1 (އެކެއް)

މަޤާމުގެ ކްލެސިފިކޭޝަން:

ޑެޕިއުޓީ ޑިރެކްޓަރ

މަޤާމުގެ ރޭންކް:

އެމް. އެސް. 4

މަސައްކަތްކުރަންޖެހޭ ތަން:

ފެމިލީކޯޓު / މީޑިއޭޝަން އެންޑް ކައުންސިލިންގ

އަސާސީ މުސާރަ:

7875.00 ރުފިޔާ

 

އެލަވަންސްތަކާއި ޢިނާޔަތްތައް:

- ސަރވިސް އެލަވަންސް -/2000 ރުފިޔާ.

- ލިވިންގ އެލަވަންސް -/2700 ރުފިޔާ.

- ޖުޑީޝަލް އެލަވަންސް މުސާރައިގެ %40

- އިތުރުގަޑީގައި މަސައްކަތްކޮށްފިނަމަ، ހަމަޖެހިފައިވާ އުސޫލުން އިތުރުގަޑީގެ ފައިސާ ލިބޭނެ.

އަސާސީ ޝަރުޠު:

- މަސައްކަތުގެ ފެންވަރު ބެލުމުގެ ނިޒާމުން ވަޒީފާގެ ކުރިއެރުން ޙައްޤުވާ މާކުހެއް ލިބެމުންދިޔުމާއިއެކު، މަޤާމާ ގުޅޭ ދާއިރާއަކުން އެމް. އެސް. 3 ގެ ރޭންކުގައި މަދުވެގެން 3 އަހަރު ދުވަހުގެ މަސައްކަތު ތަޖުރިބާ ލިބިފައިވުން.

 

މަޤާމުގެ މަސްއޫލިއްޔަތު:

- ކޯޓަށް ހުށަހެޅޭ މައްސަލަތަކާ ގުޅިގެން އާއިލީ މައްސަލަތައް ޙައްލުކުރުމާބެހޭ ބަޔަށް ފޮނުވާ މައްސަލަތަކާއި، ހަމަޖެހިފައިވާ ގޮތުގެމަތިން ޞުލްޙައަށް ހުށަހެޅޭ މައްސަލަތައް ޙައްލުކުރުމުގެ މަސައްކަތް ކުރުން.

- މީގެ އިތުރުން، ވަޒީފާ ބަޔާނުގައި ހިމެނިފައިނުވިނަމަވެސް، ޙާލަތު ނިޔާކުރާގޮތުން ހަވާލުކުރެވޭ އިތުރު މަސައްކަތްތައް ކުރުން.

 

 

 

 

ވަޒީފާއަށް އެންމެ ޤާބިލު ފަރާތެއް ހޮވުމަށް ބެލޭނެ ކަންތައްތައް:

- އެހެން މީހުންނާ ގުޅިގެން މަސައްކަތްކުރުމުގެ ޤާބިލުކަން.

- މުޢާމަލާތުކުރުމުގެ ހުނަރު.

- އެޓިޓިއުޑް                      .

- ދިވެހިބަހުން ތަކެތި ލިޔުމާއި، ޖުމްލަ ހަމަޖެއްސުމުގެ ހުނަރު.

- ރިޕޯޓް ލިޔުމުގެ ހުނަރު.

- ވާހަކަދެއްކުމުގެ ހުނަރު.

- ޓީމް ވޯކް.

- އިސްނެގުން.

- މައްސަލަ ޙައްލުކުރުމުގެ ޤާބިލުކަން ހުރި މިންވަރު.

- މަޤާމުގެ މަސްއޫލިއްޔަތު އަދާކުރުމަށް ބޭނުންވާ ޢިލްމު ލިބިފައިވާ މިންވަރު.

- ދީނީ ނަސޭޙަތްދިނުމުގެ ހުއްދަ އޮތުން.

 

 

 

 

 

ހުށަހަޅަންޖެހޭ ތަކެތި:

- ވަޒީފާއަށް އެދޭ ފޯމު (ވަޒީފާއަށް އެދޭ ފޯމު، މި ކޯޓުގެ ރިސެޕްޝަނުން ލިބެން ހުންނާނެއެވެ. އަދި  މި ކޯޓުގެ ވެބްސައިޓް www.familycourt.gov.mv އިން މި ފޯމު، ޑައުންލޯޑް ކުރެވެން ވެސް ހުންނާނެއެވެ.)

- ދިވެހި ރައްޔިތެއްކަން އަންގައިދޭ ކާޑުގެ ކޮޕީ.

- ކުރިމަތިލާ ފަރާތުގެ ވަނަވަރު.

- ތަޢުލީމީ ސެޓްފިކެޓްތަކުގެ ކޮޕީ (ސެޓުފިކެޓް ލެވެލުން މަތީ ސެޓުފިކެޓްތައް ހުށަހަޅަންވާނީ އެކްރެޑިޓްކޮށްފައިވާ ސެޓުފިކެޓުތަކުގެ ކޮޕީއެވެ.)

- މޯލްޑިވްސް ކޮލިފިކޭޝަން އޮތޯރިޓީން ފެންވަރު ބަލާފައިވާ ތަޢުލީމީ ސެޓްފިކެޓްތަކާއި، ޓްރާސްކްރިޕްޓްގެ ކޮޕީ.

- އަދާކޮށްފައިވާ ވަޒީފާތަކާއި، އަދާކުރަމުންދާ ވަޒީފާތަކާއި، އެ މަޤާމުތަކުގެ ކްލެސިފިކޭޝަނާއި، ރޭންކާއި، މަޤާމުގައި ވީ މުއްދަތާއި، މަސްއޫލިއްޔަތު އެނގޭނެ ލިޔުންތަކުގެ ކޮޕީ.

ނޯޓް: ވަޒީފާއަށްއެދި ހުށަހަޅާ ފަރާތްތަކުގެ ތެރެއިން ވަޒީފާއަށް އެދި ހުށަހަޅާ ފޯމުގައި ބަޔާންކޮށްފައިވާ ލިޔުންތައް އޭގެ އަސްލާ އެއްގޮތްކަން ކަށަވަރުކުރާނީ، އިންޓަވިއުއަށް ހޮވޭ މީހުންގެ އެކަންޏެވެ. މިގޮތުން، އިންޓަވިއުއަށް ހޮވޭ މީހުން އިންޓަވިއުއަށް ހާޒިރުވާއިރު، ހުށަހަޅާފައިވާ ލިޔުންތަކުގެ އަސްލު ލިޔުން ގެންނަންވާނެއެވެ.

ސުންގަޑި:

18 ނޮވެންބަރު 2015 ގެ 13:30 ގެ ކުރިން.

 

 

އިތުރު މަޢުލޫމާތު:

- މި މަޤާމަށް ޝަރުޠުހަމަވާ ފަރާތްތަކުގެ ތެރެއިން، މަޤާމަށް އެންމެ އެކަށީގެންވާ ފަރާތެއް ހޮވާނީ، މަޤާމުގެ ވާޖިބުތައް އަދާކުރެވޭނެކަމަށް އިންޓަވިއުގައި ސާބިތުކޮށްދޭ ފަރާތްތަކުގެ ތެރެއިންނެވެ.

- މި މަޤާމަށްއެދި ހުށަހަޅާ ފޯމްތަކުގެ ތެރެއިން އިޢުލާނާ އެއްގޮތަށް ޝަރުޠު ފުރިހަމަނުވާކަމަށް މި ކޯޓުގެ އެޗް. އާރު. ކޮމިޓީއަށް ފެންނަ ފޯމްތައް ކެންސަލްކުރެވޭނެއެވެ.

ނޯޓް: މި ވަޒީފާއަށް އެދިފައިވާ ޝަރުޠު ހަމަވާ ފަރާތްތަކުގެ އަދަދު 20 އަށްވުރެ ގިނަނަމަ، ތަޢުލީމާއި ތަޖުރިބާއަށް ބަލައި، އިންޓަވިއު ޕެނަލުން ކަނޑައަޅާ އަދަދަކަށް އިންޓަވިއުކުރާނެ ފަރާތްތައް ޝޯޓް ލިސްޓް ކުރެވޭނެއެވެ.

16 މުޙައްރަމް 1437

 

29 އޮކްޓޫބަރު 2015
ހޯދާ