ދިވެހިރާއްޖެ
އިޢުލާން
ވަޒީފާގެ ފުރުޞަތު:
މި ކޯޓުގެ މީޑިއޭޓަރގެ މަޤާމަށް މީހަކު ހޯދުމަށްޓަކައި 6 އޮކްޓޫބަރު 2015 ގައި ކޮށްފައިވާ 146A1/2015/184 ނަންބަރުގެ އިޢުލާނާ ގުޅިގެން އެކަށީގެންވާ އަދަދަކަށް މީހުން ކުރިމަތިލާފައިނުވާތީ، އެ އިޢުލާން ބާޠިލްކޮށް، އަލުން އިޢުލާން ކުރަމެވެ.
| މަޤާމު: | މީޑިއޭޓަރ | 
| ބޭނުންވާ އަދަދު: | 1 (އެކެއް) | 
| މަޤާމުގެ ކްލެސިފިކޭޝަން: | ޑެޕިއުޓީ ޑިރެކްޓަރ | 
| މަޤާމުގެ ރޭންކް: | އެމް. އެސް. 4 | 
| މަސައްކަތްކުރަންޖެހޭ ތަން: | ފެމިލީކޯޓު / މީޑިއޭޝަން އެންޑް ކައުންސިލިންގ | 
| އަސާސީ މުސާރަ: | 7875.00 ރުފިޔާ | 
| 
 އެލަވަންސްތަކާއި ޢިނާޔަތްތައް: | - ސަރވިސް އެލަވަންސް -/2000 ރުފިޔާ. - ލިވިންގ އެލަވަންސް -/2700 ރުފިޔާ. - ޖުޑީޝަލް އެލަވަންސް މުސާރައިގެ %40 - އިތުރުގަޑީގައި މަސައްކަތްކޮށްފިނަމަ، ހަމަޖެހިފައިވާ އުސޫލުން އިތުރުގަޑީގެ ފައިސާ ލިބޭނެ. | 
| އަސާސީ ޝަރުޠު: | - މަސައްކަތުގެ ފެންވަރު ބެލުމުގެ ނިޒާމުން ވަޒީފާގެ ކުރިއެރުން ޙައްޤުވާ މާކުހެއް ލިބެމުންދިޔުމާއިއެކު، މަޤާމާ ގުޅޭ ދާއިރާއަކުން އެމް. އެސް. 3 ގެ ރޭންކުގައި މަދުވެގެން 3 އަހަރު ދުވަހުގެ މަސައްކަތު ތަޖުރިބާ ލިބިފައިވުން. | 
| 
 މަޤާމުގެ މަސްއޫލިއްޔަތު: | - ކޯޓަށް ހުށަހެޅޭ މައްސަލަތަކާ ގުޅިގެން އާއިލީ މައްސަލަތައް ޙައްލުކުރުމާބެހޭ ބަޔަށް ފޮނުވާ މައްސަލަތަކާއި، ހަމަޖެހިފައިވާ ގޮތުގެމަތިން ޞުލްޙައަށް ހުށަހެޅޭ މައްސަލަތައް ޙައްލުކުރުމުގެ މަސައްކަތް ކުރުން. - މީގެ އިތުރުން، ވަޒީފާ ބަޔާނުގައި ހިމެނިފައިނުވިނަމަވެސް، ޙާލަތު ނިޔާކުރާގޮތުން ހަވާލުކުރެވޭ އިތުރު މަސައްކަތްތައް ކުރުން. | 
| 
 
 
 
 ވަޒީފާއަށް އެންމެ ޤާބިލު ފަރާތެއް ހޮވުމަށް ބެލޭނެ ކަންތައްތައް: | - އެހެން މީހުންނާ ގުޅިގެން މަސައްކަތްކުރުމުގެ ޤާބިލުކަން. - މުޢާމަލާތުކުރުމުގެ ހުނަރު. - އެޓިޓިއުޑް . - ދިވެހިބަހުން ތަކެތި ލިޔުމާއި، ޖުމްލަ ހަމަޖެއްސުމުގެ ހުނަރު. - ރިޕޯޓް ލިޔުމުގެ ހުނަރު. - ވާހަކަދެއްކުމުގެ ހުނަރު. - ޓީމް ވޯކް. - އިސްނެގުން. - މައްސަލަ ޙައްލުކުރުމުގެ ޤާބިލުކަން ހުރި މިންވަރު. - މަޤާމުގެ މަސްއޫލިއްޔަތު އަދާކުރުމަށް ބޭނުންވާ ޢިލްމު ލިބިފައިވާ މިންވަރު. - ދީނީ ނަސޭޙަތްދިނުމުގެ ހުއްދަ އޮތުން. | 
| 
 
 
 
 
 ހުށަހަޅަންޖެހޭ ތަކެތި: | - ވަޒީފާއަށް އެދޭ ފޯމު (ވަޒީފާއަށް އެދޭ ފޯމު، މި ކޯޓުގެ ރިސެޕްޝަނުން ލިބެން ހުންނާނެއެވެ. އަދި މި ކޯޓުގެ ވެބްސައިޓް www.familycourt.gov.mv އިން މި ފޯމު، ޑައުންލޯޑް ކުރެވެން ވެސް ހުންނާނެއެވެ.) - ދިވެހި ރައްޔިތެއްކަން އަންގައިދޭ ކާޑުގެ ކޮޕީ. - ކުރިމަތިލާ ފަރާތުގެ ވަނަވަރު. - ތަޢުލީމީ ސެޓްފިކެޓްތަކުގެ ކޮޕީ (ސެޓުފިކެޓް ލެވެލުން މަތީ ސެޓުފިކެޓްތައް ހުށަހަޅަންވާނީ އެކްރެޑިޓްކޮށްފައިވާ ސެޓުފިކެޓުތަކުގެ ކޮޕީއެވެ.) - މޯލްޑިވްސް ކޮލިފިކޭޝަން އޮތޯރިޓީން ފެންވަރު ބަލާފައިވާ ތަޢުލީމީ ސެޓްފިކެޓްތަކާއި، ޓްރާސްކްރިޕްޓްގެ ކޮޕީ. - އަދާކޮށްފައިވާ ވަޒީފާތަކާއި، އަދާކުރަމުންދާ ވަޒީފާތަކާއި، އެ މަޤާމުތަކުގެ ކްލެސިފިކޭޝަނާއި، ރޭންކާއި، މަޤާމުގައި ވީ މުއްދަތާއި، މަސްއޫލިއްޔަތު އެނގޭނެ ލިޔުންތަކުގެ ކޮޕީ. ނޯޓް: ވަޒީފާއަށްއެދި ހުށަހަޅާ ފަރާތްތަކުގެ ތެރެއިން ވަޒީފާއަށް އެދި ހުށަހަޅާ ފޯމުގައި ބަޔާންކޮށްފައިވާ ލިޔުންތައް އޭގެ އަސްލާ އެއްގޮތްކަން ކަށަވަރުކުރާނީ، އިންޓަވިއުއަށް ހޮވޭ މީހުންގެ އެކަންޏެވެ. މިގޮތުން، އިންޓަވިއުއަށް ހޮވޭ މީހުން އިންޓަވިއުއަށް ހާޒިރުވާއިރު، ހުށަހަޅާފައިވާ ލިޔުންތަކުގެ އަސްލު ލިޔުން ގެންނަންވާނެއެވެ. | 
| ސުންގަޑި: | 18 ނޮވެންބަރު 2015 ގެ 13:30 ގެ ކުރިން. | 
| 
 
 އިތުރު މަޢުލޫމާތު: | - މި މަޤާމަށް ޝަރުޠުހަމަވާ ފަރާތްތަކުގެ ތެރެއިން، މަޤާމަށް އެންމެ އެކަށީގެންވާ ފަރާތެއް ހޮވާނީ، މަޤާމުގެ ވާޖިބުތައް އަދާކުރެވޭނެކަމަށް އިންޓަވިއުގައި ސާބިތުކޮށްދޭ ފަރާތްތަކުގެ ތެރެއިންނެވެ. - މި މަޤާމަށްއެދި ހުށަހަޅާ ފޯމްތަކުގެ ތެރެއިން އިޢުލާނާ އެއްގޮތަށް ޝަރުޠު ފުރިހަމަނުވާކަމަށް މި ކޯޓުގެ އެޗް. އާރު. ކޮމިޓީއަށް ފެންނަ ފޯމްތައް ކެންސަލްކުރެވޭނެއެވެ. ނޯޓް: މި ވަޒީފާއަށް އެދިފައިވާ ޝަރުޠު ހަމަވާ ފަރާތްތަކުގެ އަދަދު 20 އަށްވުރެ ގިނަނަމަ، ތަޢުލީމާއި ތަޖުރިބާއަށް ބަލައި، އިންޓަވިއު ޕެނަލުން ކަނޑައަޅާ އަދަދަކަށް އިންޓަވިއުކުރާނެ ފަރާތްތައް ޝޯޓް ލިސްޓް ކުރެވޭނެއެވެ. | 
| 16 މުޙައްރަމް 1437 | |