ބެޑްމިންޓަން އެސޯސިއޭޝަން އޮފް މޯލްޑިވްސް
ދިވެހިރާއްޖެ
ބެޑްމިންޓަން އެސޯސިއޭޝަން އޮފް މޯލްޑިވްސްގެ ޚާއްޞަ ޢާއްމު ޖަލްސާ

ބެޑްމިންޓަން އެސޯސިއޭޝަން އޮފް މޯލްޑިވްސްގެ ޚާއްޞަ ޢާއްމު ޖަލްސާ މިއަހަރުގެ ނޮވެމްބަރމަހުގެ 1 ވަނަ ދުވަހުގެ ރޭ 8.30ގައި މޯލްޑިވްސް ނޭޝަނަލް ސްޕޯޓްސް އިންސްޓިޓިއުޓްގެ ސެމިނަރ ރޫމް (ހެންވޭރު ބޯޅަގެ)ގައި  ބާއްވާގޮތަށް ވަނީ ހަމަޖެހިފައެވެ.

މިޖަލްސާގައި ބައިވެރިވެ ވޯޓްދެވޭނީ މި އެސޯސިއޭޝަންގެ ނަމްބަރ BAM/IUL/2024/15  އިޢުލާނާއެކު ގެޒެޓް ކުރެވިފައިވާ އެސޯސިއޭޝަންގެ އެސޯސިއޭޓް މެމްބަރުންނާއި، ފަރުދީ މެމްބަރުންގެ ތެރެއިން މި ޖަލްސާގައި ބައިވެރިވުމަށް އެދި ހުށަހަޅާ ފަރުދީ މެމްބަރުންނަށެވެ.

ވީމާ، އެސޯސިއޭޝަންގެ ޚާއްޞަ ޢާއްމު ޖަލްސާގައި ބައިވެރިވުމަށް ބޭނުންވާ ފަރުދީ މެމްބަރުން (އަމިއްލަ މެމްބަރުން) މި އިޢުލާނާއެކު އެއްކަރުދާސްކުރެވިފައިވާ ފޯމް ފުރިހަމަކުރުމަށްފަހު 29 އޮކްޓޯބަރ 2025ވާ ބުދަދުވަހުގެ މެންދުރު 12ގެ ކުރިން އެސޯސިއޭޝަނަށް ހުށަހެޅުން އެދެމެވެ.

 

25 އޮކްޓޯބަރ 2025

25 އޮކްޓޫބަރު 2025
ހޯދާ