ދިވެހިރާއްޖެ
މިއެސޯސިއޭޝަނުން 14 މާރިޗު 2024 ގައި ކުރި އިޢުލާން ނަންބަރު: BAM/IUL/2024/12 އިޢުލާނާއި ހަވާލާދީ ދަންނަވަމެވެ. އަހަރީ ޢާންމު ޖަލްސާ 2024 ގައި ވޯޓު ދިނުމުގެ ހައްޤު ލިބިފައިވާ މެމްބަރުންގެ ލިސްޓަށް ޝަކުވާ ހުށަހެޅުމަށް ހުޅުވާލި ފުރުސަތުގައި، ހުށައަޅާފައިވާ ޝަކުވާތަކަށް ބެލުމަށްފަހުވަނީ ހައްޤު ލިބިފައިވާ މެމްބަރުންގެ ލިސްޓަށް އިސްލާހު ގެނެވިފައެވެ. އިސްލާހު ގެނެވިފައިވާ ވޯޓު ދިނުމުގެ ހައްޤު ލިބިފައިވާ މެމްބަރުންގެ ލިސްޓާ މި އިޢުލާނާއި އެއްކަރުދާސް ކުރެވިފައިވާނެއެވެ.
އެސޯސިއޭޓް މެމްބުން ( ކްލަބް )
1. ކްލަބް ސްޓެޓިކް
2. އިންޑޯ ސްޕޯރޓްސް ބެޑްމިންޓަން އެކެޑަމީ
ފުރިހަމަ މެމްބަރުން (ބެޑްމިންޓަން ޑިވެލޮޕްމަންޓް ކޮމިޓީ)
1. ނ.ހޮޅުދޫ ބެޑްމިންޓަން ޑިވެލޮޕްމަންޓް ކޮމިޓީ: މެމްބަރުންގެ އަދަދު 109
2. އައްޑޫ ބެޑްމިންޓަން ޑިވެލޮޕްމަންޓް ކޮމިޓީ : މެމްބަރުންގެ އަދަދު 118
ފަރުދީ މެމްބަރުން (އިންޑިވިޖުއަލް މެމްބަރުން)
- ފަރުދީ މެމްބަރުންގެ އަދަދު : 89
ހިންގާ ޤަވާއިދުގައިވާ ގޮތުގެ މަތިން އަމިއްލަ މެމްބަރުންގެ ތެރެއިން ފާއިތުވި އަހަރުގެ ޖޫން މަހުގެ ނިޔަލަށް ރަޖިސްޓްރޭޝަން ހައްދަވާފައިވާ 31 ޖަނަވަރީ 2024 ވަނަ ދުވަހުގެ ނިޔަލަށް، 2024 ވަނަ އަހަރުގެ ފުރަތަމަ ކުއާޓަރ އަށް މެމްބަރޝިޕްފީ ހަދާފައިވާ އަމިއްލަ މެމްބަރުންގެ އަދަދަކީ 89 މެމްބަރުންނެވެ.