އދ. އަތޮޅު ތަޢުލީމީ މަރުކަޒު
ދިވެހިރާއްޖެ
ދެ ދޮރުފަތްފަޅި ހަދައި ހަރުކޮށްދޭނެ ފަރާތެއް ހޯދަން

މިމަރުކަޒުގެ ރަސްމީ ދޮރޯށްޓަށް، ދެ ދޮރުފަތްފަޅި ހަދައި ހަރުކޮށްދޭނެ ފަރާތެއް ހޯދަން ބޭނުންވެގެން ކުރި އިޢުލާން ނަންބަރު: IUL)GS-10/INDIV/2015/29)ފ(5 އޮކްޓޫބަރު 2015) އާ ގުޅިގެން އަންދާސީހިސާބު ހުށަހަޅުއްވާފައިވަނީ 2 ފަރާތުން ކަމަށްވާތީ އެ އިޢުލާން ބާޠިލުކޮށް އަލުން އެ ފުރުޞަތު ހުޅުވާލަމެވެ.

ވީމާ، އަމިއްލަ ތަކެތީގައި މި މަސައްކަތް ކޮށްދެއްވުމަށް ޝައުޤުވެރިވެލައްވާ ފަރާތްތަކުން، ތިރީގައި މިދަންނަވާ ތާރީޚުތަކުގައި މި މިމަރުކަޒަށް ވަޑައިގެން މަޢުލޫމާތު ސާފުކުރެއްވުން އެދެމެވެ. ނުވަތަ ކަނޑައެޅިފައިވާ ދުވަހުގެ 12:00 އާއި 13:00 އާ ދެމެދު 9907325 ނުވަތަ 6680024 ނަންބަރަށް ގުޅުއްވައިގެން މަޢުލޫމާތު ސާފުކުރެއްވުން އެދެމެވެ. އީމެއިލް މެދުވެރިކޮށް އަންދާސީހިސާބު ހުށަހަޅުއްވާ ފަރާތްތަކުން އެދުވަހުގެ 13:00 ގެ ކުރިން މިމަރުކަޒުގެ މެއިލް އެޑްރެސް [email protected] އަށް މެއިލް ކުރެއްވުން އެދެމެވެ. މަޢުލޫމާތު ސާފުނުކުރައްވާ ފަރާތްތަކުން ފޮނުއްވާ / ހުށަހަޅުއްވާ ބިޑްތައް ބަލައިނުގަނެވޭނެކަންވެސް މަޢުލޫމާތަށްޓަކައި ދަންނަވަމެވެ.

 

ތާރީޚު

ދުވަސް

ވަގުތު

މަޢުލޫމާތު ސާފުކުރުން

08 ނޮވެންބަރު 2015

އާދީއްތަ

13:00

އަންދާސީހިސާބު ހުށަހެޅުން

12 ނޮވެންބަރު 2015

ބުރާސްފަތި

13:00

 

 

14 މުޙައްރަމް 1437

27 އޮކްޓޫބަރު 2015
ހޯދާ