ދިވެހިރާއްޖެ
މިމަރުކަޒުގެ ރަސްމީ ދޮރޯށްޓަށް، ދެ ދޮރުފަތްފަޅި ހަދައި ހަރުކޮށްދޭނެ ފަރާތެއް ހޯދަން ބޭނުންވެގެން ކުރި އިޢުލާން ނަންބަރު: IUL)GS-10/INDIV/2015/29)ފ(5 އޮކްޓޫބަރު 2015) އާ ގުޅިގެން އަންދާސީހިސާބު ހުށަހަޅުއްވާފައިވަނީ 2 ފަރާތުން ކަމަށްވާތީ އެ އިޢުލާން ބާޠިލުކޮށް އަލުން އެ ފުރުޞަތު ހުޅުވާލަމެވެ.
ވީމާ، އަމިއްލަ ތަކެތީގައި މި މަސައްކަތް ކޮށްދެއްވުމަށް ޝައުޤުވެރިވެލައްވާ ފަރާތްތަކުން، ތިރީގައި މިދަންނަވާ ތާރީޚުތަކުގައި މި މިމަރުކަޒަށް ވަޑައިގެން މަޢުލޫމާތު ސާފުކުރެއްވުން އެދެމެވެ. ނުވަތަ ކަނޑައެޅިފައިވާ ދުވަހުގެ 12:00 އާއި 13:00 އާ ދެމެދު 9907325 ނުވަތަ 6680024 ނަންބަރަށް ގުޅުއްވައިގެން މަޢުލޫމާތު ސާފުކުރެއްވުން އެދެމެވެ. އީމެއިލް މެދުވެރިކޮށް އަންދާސީހިސާބު ހުށަހަޅުއްވާ ފަރާތްތަކުން އެދުވަހުގެ 13:00 ގެ ކުރިން މިމަރުކަޒުގެ މެއިލް އެޑްރެސް [email protected] އަށް މެއިލް ކުރެއްވުން އެދެމެވެ. މަޢުލޫމާތު ސާފުނުކުރައްވާ ފަރާތްތަކުން ފޮނުއްވާ / ހުށަހަޅުއްވާ ބިޑްތައް ބަލައިނުގަނެވޭނެކަންވެސް މަޢުލޫމާތަށްޓަކައި ދަންނަވަމެވެ.
|
ތާރީޚު |
ދުވަސް |
ވަގުތު |
މަޢުލޫމާތު ސާފުކުރުން |
08 ނޮވެންބަރު 2015 |
އާދީއްތަ |
13:00 |
އަންދާސީހިސާބު ހުށަހެޅުން |
12 ނޮވެންބަރު 2015 |
ބުރާސްފަތި |
13:00 |
14 މުޙައްރަމް 1437