ދިވެހިރާއްޖޭގެ ޤައުމީ ޔުނިވަރސިޓީ
ދިވެހިރާއްޖެ
މަސައްކަތު

މަޤާމް :މަސައްކަތު
ބޭނުންވާ އަދަދު :1

މަޤާމު:

މަސައްކަތު

ބޭނުންވާ އަދަދު:

1

ވަޒީފާ އަދާކުރަންޖޭހޭ ތަން:

ސެންޓަރ ފޮރ މެރިޓައިމް ސްޓަޑީޒް / ދިވެހިރާއްޖޭގެ ޤައުމީ ޔުނިވަރސިޓީ

ގްރޭޑް:

1

ސްޕައިން:

10

އަސާސީ މުސާރަ:

މަހަކު 4,668.61 ރުފިޔާ

ސާރވިސް އެލަވަންސް:

މަހަކު 2,000.83 ރުފިޔާ

ވަޒީފާގެ ބާވަތް:

ދާއިމީ

އިނާޔަޔްތައް:

  • އިތުރުގަޑީގައި މަސައްކަތްކުރާނަމަ، ހަމަޖެހިފައިވާ އުޞޫލުން އިތުރުގަޑީގެ ފައިސާ
  • ސްޕެޝަލް ޑިއުޓީ އެލަވަންސް ގެ ގޮތުގައި މުސާރައިގެ %35
  • ކޯޕަރޭޓް ހެލްތް އިންޝުއަރަންސް ސްކީމް (ޕްރޮބޭޝަން ހަމަވެ ވަޒީފާ ދާއިމީ ވުމުން)
  • ޑިޕެންޑެންޓުން (އަނބި/ފިރި އަދި ދަރިން) ހެލްތް އިންޝުއަރަންސް ސްކީމް ގައި ބައިވެރިކުރުމުގެ ފުރުސަތު (މުވައްޒަފު ޚަރަދުކުރާގޮތަށް)
  • ސްޓާފް ޖިމް ފެސިލިޓީ
  • ލައިބްރަރީ މެމްބަޝިޕް

މަގާމުގެ ޝަރުތުތައް:

އަސާސީ ފެންވަރު

މަޤާމުގެ މަސްއޫލިއްޔަތު:

  • ކްލާސްރޫމްތަކާއި، އޮފީހުގެ ކޮޓަރިތައް، ކޮރިޑޯތައް އަދި މިނޫނަސް ސާފުކުރަން ޙަވާލުކުރެވޭ އެހެނިހެން ތަންތަން ކުނިކަހާ ފޮޅާ ސާފުކޮށް މޮއްޕުއެޅުމާއި، މިތަންތަނުގެ ގޮނޑިމޭޒު، ފަންކާ، ޝެލްފް ފަދަ ތަކެތި އަދި ދޮރުތަކުގެ ބިއްލޫރިތައް ފޮހުން.
  • ދަރިވަރުންނާއި މުވައްޒަފުންގެ ފާޙާނާތައް ސާފުކުރުން.
  • ފާހާނާތަކުގައި ހުންނަންޖެހޭ ޓިޝޫ، ސައިބޯނި ފަދަ ތަކެތި ހަމަޔަށް ހުރޭތޯ ކަށަވަރުކޮށް ނެތްނަމަ އެއެއްޗެއް ހަމަކުރުން.
  • އެގްޒޭމް ހޯލްތަކަށް ގޮނޑި މޭޒުޖެހުމާއި,  ޕްރެޓިކަލް އެގްޒާމްތަކަށް ސަވައިވަލް ސެންޓަރަށް ތަކެތި ގެންދިއުން.
  • ވޯކްސޮޕް އަދި ލެބް ސާފުކޮށް ތަކެތި ތަރުތީބުކުރުމާއި، އަދި މިތަނަތަނުގައި ހުންނަ ތަކެތި ކަނޑައަޅާފައިވާ ގޮތަށް ދޮވުމާއި، ސާފުކުރުން.
  • އެއްތަނުން އަނެއްތަނަށް ގެންދަންޖެހޭ ތަކެތި ގެންގޮސްދިނުން (ގޮނޑި،މޭޒު،ފޮތް،ފައިލް،ކަރުދާސް ފަދަ ތަކެތި).
  • ރަށްރަށުގައި ހިންގާ ތަމްރީނު ޕްރޮގްރާމްތަކާއި ކޯސްތަކަށް ބޭނުންވާ ތަކެތި ރަށްރަށައް ފޮނުވުމަށް ޓަކައި ބޯޓަށް ގެންދިއުމާއި، ނިމުމުން އަނބުރާ ސެންޓަރަށް ގެނައުން.
  • ހާއްސަ ރަސްމިއްޔާތު ތަކާއި، އިވެންޓްތަކަށް ތައްޔާރު ކުރުމުގައާއި އެފަދަ ކަންކަމުގައި އަމަލީގޮތުން ބައިވެރިވުން.
  • ސާފުކުރަން ޙަވާލުކުރެވޭ ތަންތަނުގެ ތަކެއްޗަށް ދިމާވާ މެއިންޓަނަންސް މައްސަލަތައް ރިޕޯޓްކުރުން.
  • އެންމެން ގުޅިގެން ކުރަންޖެހޭ މަސައްކަތްތަކުގައި ފުރިހަމައަށް ބައިވެރިވެ އެއްބާރުލުމާއިއެކު މަސައްކަތްކުރުން.
  • މަތީގައިވާ ކަންތައްތަކުގެ އިތުރުން އޮފީހުގެ ރަސްމީ މަސައްކަތްތަކާއި ގުޅޭގޮތުން ޙަވާލުކުރެވޭ އެންމެހައި ކަންތައްތައް ކުރުން.

އެޕްލިކޭޝަނާއެކު ހުށަހަޅަންޖެހޭ ލިޔުންތައް:

  • ދިވެހިރައްޔިތެއްކަން އަންގައިދޭ ކާޑުގެ (މުއްދަތު ހަމަނުވާ) ސާފު ކޮޕީ.
  • ވަޒީފާގައި އުޅޭ ނުވަތަ އުޅެފައިވާ ފަރާތެއްނަމަ އަދާކުރާ، ނުވަތަ އަދާކުރި، ވަޒީފާގެ މަސްއޫލިއްޔަތާއި، ވަޒީފާ އަދާކުރި، މުއްދަތުގެ ފެށުނު ތާރީޚް އަދި ވަޒީފާއިން ވަކިވި ތާރީޚް (އެއް އިދާރާއެއްގެ ތަފާތު މަޤާމުތަކުގައި މަސައްކަތްކޮށްފައިވީނަމަވެސް މަޤާމުތަކުގެ ތަފްޞީލް ވަކިވަކިން ބަޔާންކޮށް) އެނގޭނެފަދަ ލިޔުމެއް.
  • ވަޒީފާއަށް ކުރިމަތިލާ ފަރާތުގެ މަސައްކަތް ބެލެހެއްޓި ސްޕަވައިޒަރަކު އެފަރާތެއްގެ މަސައްކަތާ މެދު ދެކޭ ގޮތުގެ ލިޔުމެއް.

 

* ހުށަހަޅަންޖެހޭ ލިޔުންތައް ފޯމުގައި އެޓޭޗް ކުރައްވާނީ ޕީ.ޑީ.އެފް ފޯމެޓަށް، މަތީގައިވާ ތަރުތީބުން ހުރިހާ ލިޔުންތައް އެއް ފައިލަކަށް ބަދަލުކޮށްފައެވެ.

 

މަޤާމަށް އެދެންވީގޮތާއި ސުންގަޑި:

2025 އޮކްޓޫބަރު 22 ވާ ބުދަ ދުވަހުގެ މެންދުރު 12:00 ގެ ކުރިން ތިރީގައިވާ ފޯމް ލިންކް މެދުވެރިކޮށް އޮންލައިންކޮށް.

https://tinyurl.com/MNUHR-2025-171

 

 

ނޯޓް:

 

  • އިޢުލާނުގެ މުއްދަތުގެ ތެރޭގައި ފޮނުވާ އެއްވެސް އެޕްލިކޭޝަނަކަށް، އިޢުލާނުގެ މުއްދަތު ހަމަނުވަނީސް ޢަމަލެއް ނުކުރާނެއެވެ.
  • އިޢުލާނުގައި ބަޔާންކުރެވިފައިވާ ހުރިހާ ލިޔެކިޔުންތައް އެޕްލިކޭޝަނާއެކު ފޮނުވަންޖެހޭނެއެވެ.
  • އިންޓަރވިޔު ކުރެވޭނީ އިޢުލާނުގައި ބަޔާންކުރެވިފައިވާ މަޤާމަށް ޝަރުޠުހަމަވާ ކެންޑިޑޭޓުންގެ ތެރެއިން ޝޯޓްލިސްޓް ކުރެވޭ ފަރާތްތަކާ އެކަންޏެވެ.
  • މަޤާމަށް ނުހޮވޭ ކެންޑިޑޭޓުންނަށް ސިޓީ ފޮނުވޭނީ އިންޓަވިއުކޮށް ނިމުމަށްފަހުގައެވެ.
  • ދިވެހިރާއްޖޭގެ ޤައުމީ ޔުނިވަރސިޓީގެ ތަޢުލީމީ ސެޓުފިކެޓު އެކްރިޑެޓް ކުރެވިފައިނުވިޔަސް ބަލައިގަންނާނެއެވެ.
  • ދިވެހިރާއްޖޭގެ ޤައުމީ ޔުނިވަރސިޓީގެ ކޯހެއް ފުރިހަމަ ކޮށްފައިވާފަރާތްތައް ތަޢުލީމީ ސެޓުފިކެޓު ނުލިބެނީސް ޔުނިވަރސިޓީގެ ވަޒީފާއަކަށް ކުރިމަތިލާނަމަ، ކޯހުން ފާސްވިކަމުގެ ލިޔުމަކަށް ހުށަހަޅަންވާނީ، ރެޖިސްޓްރާރ އޮފީހުގެ ލިޔުމެކެވެ.

 

 

އިތުރު މަޢުލޫމާތު:

  • މި މަޤާމަށް ހޮވޭ ކެންޑިޑޭޓަކު ވަޒީފާއަށް ނުކުންނަ ތާރީޚުން ފެށިގެން ފުރަތަމަ 3 މަސް ދުވަސް ބެލޭނީ، ވަޒީފާގެ ޕްރޮބޭޝަން މުއްދަތުގެ ގޮތުގައެވެ. މިމުއްދަތުގެ ތެރޭގައި، މުވައްޒަފުގެ މަސައްކަތުގެ ފެންވަރާއި، މަސައްކަތްތަކުގެ އަޚުލާޤަށް ބަލައި، ނޯޓިސް ދިނުމަކާއި ނުލައި ވަޒީފާގެ އެއްބަސްވުން އުވާލައި، މުވައްޒަފު ވަޒީފާއިން ވަކިކުރުމުގެ އިޚުތިޔާރު ޔުނިވަރސިޓީއަށް ލިބިގެންވެއެވެ.
  • މަޢުލޫމާތު ސާފުކުރުމަށް ގުޅާނީ 3345143 ނަންބަރު ފޯނަށެވެ.
15 އޮކްޓޫބަރު 2025
ހޯދާ