މަޤާމު:
|
މަސައްކަތު
|
ބޭނުންވާ އަދަދު:
|
1
|
ވަޒީފާ އަދާކުރަންޖޭހޭ ތަން:
|
ސެންޓަރ ފޮރ މެރިޓައިމް ސްޓަޑީޒް / ދިވެހިރާއްޖޭގެ ޤައުމީ ޔުނިވަރސިޓީ
|
ގްރޭޑް:
|
1
|
ސްޕައިން:
|
10
|
އަސާސީ މުސާރަ:
|
މަހަކު 4,668.61 ރުފިޔާ
|
ސާރވިސް އެލަވަންސް:
|
މަހަކު 2,000.83 ރުފިޔާ
|
ވަޒީފާގެ ބާވަތް:
|
ދާއިމީ
|
އިނާޔަޔްތައް:
|
- އިތުރުގަޑީގައި މަސައްކަތްކުރާނަމަ، ހަމަޖެހިފައިވާ އުޞޫލުން އިތުރުގަޑީގެ ފައިސާ
- ސްޕެޝަލް ޑިއުޓީ އެލަވަންސް ގެ ގޮތުގައި މުސާރައިގެ %35
- ކޯޕަރޭޓް ހެލްތް އިންޝުއަރަންސް ސްކީމް (ޕްރޮބޭޝަން ހަމަވެ ވަޒީފާ ދާއިމީ ވުމުން)
- ޑިޕެންޑެންޓުން (އަނބި/ފިރި އަދި ދަރިން) ހެލްތް އިންޝުއަރަންސް ސްކީމް ގައި ބައިވެރިކުރުމުގެ ފުރުސަތު (މުވައްޒަފު ޚަރަދުކުރާގޮތަށް)
- ސްޓާފް ޖިމް ފެސިލިޓީ
- ލައިބްރަރީ މެމްބަޝިޕް
|
މަގާމުގެ ޝަރުތުތައް:
|
އަސާސީ ފެންވަރު
|
މަޤާމުގެ މަސްއޫލިއްޔަތު:
|
- ކްލާސްރޫމްތަކާއި، އޮފީހުގެ ކޮޓަރިތައް، ކޮރިޑޯތައް އަދި މިނޫނަސް ސާފުކުރަން ޙަވާލުކުރެވޭ އެހެނިހެން ތަންތަން ކުނިކަހާ ފޮޅާ ސާފުކޮށް މޮއްޕުއެޅުމާއި، މިތަންތަނުގެ ގޮނޑިމޭޒު، ފަންކާ، ޝެލްފް ފަދަ ތަކެތި އަދި ދޮރުތަކުގެ ބިއްލޫރިތައް ފޮހުން.
- ދަރިވަރުންނާއި މުވައްޒަފުންގެ ފާޙާނާތައް ސާފުކުރުން.
- ފާހާނާތަކުގައި ހުންނަންޖެހޭ ޓިޝޫ، ސައިބޯނި ފަދަ ތަކެތި ހަމަޔަށް ހުރޭތޯ ކަށަވަރުކޮށް ނެތްނަމަ އެއެއްޗެއް ހަމަކުރުން.
- އެގްޒޭމް ހޯލްތަކަށް ގޮނޑި މޭޒުޖެހުމާއި, ޕްރެޓިކަލް އެގްޒާމްތަކަށް ސަވައިވަލް ސެންޓަރަށް ތަކެތި ގެންދިއުން.
- ވޯކްސޮޕް އަދި ލެބް ސާފުކޮށް ތަކެތި ތަރުތީބުކުރުމާއި، އަދި މިތަނަތަނުގައި ހުންނަ ތަކެތި ކަނޑައަޅާފައިވާ ގޮތަށް ދޮވުމާއި، ސާފުކުރުން.
- އެއްތަނުން އަނެއްތަނަށް ގެންދަންޖެހޭ ތަކެތި ގެންގޮސްދިނުން (ގޮނޑި،މޭޒު،ފޮތް،ފައިލް،ކަރުދާސް ފަދަ ތަކެތި).
- ރަށްރަށުގައި ހިންގާ ތަމްރީނު ޕްރޮގްރާމްތަކާއި ކޯސްތަކަށް ބޭނުންވާ ތަކެތި ރަށްރަށައް ފޮނުވުމަށް ޓަކައި ބޯޓަށް ގެންދިއުމާއި، ނިމުމުން އަނބުރާ ސެންޓަރަށް ގެނައުން.
- ހާއްސަ ރަސްމިއްޔާތު ތަކާއި، އިވެންޓްތަކަށް ތައްޔާރު ކުރުމުގައާއި އެފަދަ ކަންކަމުގައި އަމަލީގޮތުން ބައިވެރިވުން.
- ސާފުކުރަން ޙަވާލުކުރެވޭ ތަންތަނުގެ ތަކެއްޗަށް ދިމާވާ މެއިންޓަނަންސް މައްސަލަތައް ރިޕޯޓްކުރުން.
- އެންމެން ގުޅިގެން ކުރަންޖެހޭ މަސައްކަތްތަކުގައި ފުރިހަމައަށް ބައިވެރިވެ އެއްބާރުލުމާއިއެކު މަސައްކަތްކުރުން.
- މަތީގައިވާ ކަންތައްތަކުގެ އިތުރުން އޮފީހުގެ ރަސްމީ މަސައްކަތްތަކާއި ގުޅޭގޮތުން ޙަވާލުކުރެވޭ އެންމެހައި ކަންތައްތައް ކުރުން.
|
އެޕްލިކޭޝަނާއެކު ހުށަހަޅަންޖެހޭ ލިޔުންތައް:
|
- ދިވެހިރައްޔިތެއްކަން އަންގައިދޭ ކާޑުގެ (މުއްދަތު ހަމަނުވާ) ސާފު ކޮޕީ.
- ވަޒީފާގައި އުޅޭ ނުވަތަ އުޅެފައިވާ ފަރާތެއްނަމަ އަދާކުރާ، ނުވަތަ އަދާކުރި، ވަޒީފާގެ މަސްއޫލިއްޔަތާއި، ވަޒީފާ އަދާކުރި، މުއްދަތުގެ ފެށުނު ތާރީޚް އަދި ވަޒީފާއިން ވަކިވި ތާރީޚް (އެއް އިދާރާއެއްގެ ތަފާތު މަޤާމުތަކުގައި މަސައްކަތްކޮށްފައިވީނަމަވެސް މަޤާމުތަކުގެ ތަފްޞީލް ވަކިވަކިން ބަޔާންކޮށް) އެނގޭނެފަދަ ލިޔުމެއް.
- ވަޒީފާއަށް ކުރިމަތިލާ ފަރާތުގެ މަސައްކަތް ބެލެހެއްޓި ސްޕަވައިޒަރަކު އެފަރާތެއްގެ މަސައްކަތާ މެދު ދެކޭ ގޮތުގެ ލިޔުމެއް.
* ހުށަހަޅަންޖެހޭ ލިޔުންތައް ފޯމުގައި އެޓޭޗް ކުރައްވާނީ ޕީ.ޑީ.އެފް ފޯމެޓަށް، މަތީގައިވާ ތަރުތީބުން ހުރިހާ ލިޔުންތައް އެއް ފައިލަކަށް ބަދަލުކޮށްފައެވެ.
|
މަޤާމަށް އެދެންވީގޮތާއި ސުންގަޑި:
|
2025 އޮކްޓޫބަރު 22 ވާ ބުދަ ދުވަހުގެ މެންދުރު 12:00 ގެ ކުރިން ތިރީގައިވާ ފޯމް ލިންކް މެދުވެރިކޮށް އޮންލައިންކޮށް.
https://tinyurl.com/MNUHR-2025-171
|
ނޯޓް:
|
- އިޢުލާނުގެ މުއްދަތުގެ ތެރޭގައި ފޮނުވާ އެއްވެސް އެޕްލިކޭޝަނަކަށް، އިޢުލާނުގެ މުއްދަތު ހަމަނުވަނީސް ޢަމަލެއް ނުކުރާނެއެވެ.
- އިޢުލާނުގައި ބަޔާންކުރެވިފައިވާ ހުރިހާ ލިޔެކިޔުންތައް އެޕްލިކޭޝަނާއެކު ފޮނުވަންޖެހޭނެއެވެ.
- އިންޓަރވިޔު ކުރެވޭނީ އިޢުލާނުގައި ބަޔާންކުރެވިފައިވާ މަޤާމަށް ޝަރުޠުހަމަވާ ކެންޑިޑޭޓުންގެ ތެރެއިން ޝޯޓްލިސްޓް ކުރެވޭ ފަރާތްތަކާ އެކަންޏެވެ.
- މަޤާމަށް ނުހޮވޭ ކެންޑިޑޭޓުންނަށް ސިޓީ ފޮނުވޭނީ އިންޓަވިއުކޮށް ނިމުމަށްފަހުގައެވެ.
- ދިވެހިރާއްޖޭގެ ޤައުމީ ޔުނިވަރސިޓީގެ ތަޢުލީމީ ސެޓުފިކެޓު އެކްރިޑެޓް ކުރެވިފައިނުވިޔަސް ބަލައިގަންނާނެއެވެ.
- ދިވެހިރާއްޖޭގެ ޤައުމީ ޔުނިވަރސިޓީގެ ކޯހެއް ފުރިހަމަ ކޮށްފައިވާފަރާތްތައް ތަޢުލީމީ ސެޓުފިކެޓު ނުލިބެނީސް ޔުނިވަރސިޓީގެ ވަޒީފާއަކަށް ކުރިމަތިލާނަމަ، ކޯހުން ފާސްވިކަމުގެ ލިޔުމަކަށް ހުށަހަޅަންވާނީ، ރެޖިސްޓްރާރ އޮފީހުގެ ލިޔުމެކެވެ.
|
އިތުރު މަޢުލޫމާތު:
|
- މި މަޤާމަށް ހޮވޭ ކެންޑިޑޭޓަކު ވަޒީފާއަށް ނުކުންނަ ތާރީޚުން ފެށިގެން ފުރަތަމަ 3 މަސް ދުވަސް ބެލޭނީ، ވަޒީފާގެ ޕްރޮބޭޝަން މުއްދަތުގެ ގޮތުގައެވެ. މިމުއްދަތުގެ ތެރޭގައި، މުވައްޒަފުގެ މަސައްކަތުގެ ފެންވަރާއި، މަސައްކަތްތަކުގެ އަޚުލާޤަށް ބަލައި، ނޯޓިސް ދިނުމަކާއި ނުލައި ވަޒީފާގެ އެއްބަސްވުން އުވާލައި، މުވައްޒަފު ވަޒީފާއިން ވަކިކުރުމުގެ އިޚުތިޔާރު ޔުނިވަރސިޓީއަށް ލިބިގެންވެއެވެ.
- މަޢުލޫމާތު ސާފުކުރުމަށް ގުޅާނީ 3345143 ނަންބަރު ފޯނަށެވެ.
|