ދިވެހިރާއްޖެ
ކައުންސިލްގެ ފަރާތުންނިންމަންޖެހޭ ބައެއް ކަންކަން ނިންމުމުގެ ކުރިން ރައްޔިތުންނާ ބައްދަލުކޮށް ރައްޔިތުންގެ ޚިޔާލުހޯދުމަށް ބޭނުންވާތީ 15 އޮކްޓޯބަރ 2025 ވަނަ ދުވަހުގެ ރޭގަނޑު 8:15 ގައި ޕްރީސްކޫލް ހޯލުގައި ބައްދަލުވުމެއް ބޭއްވުމަށްވަނީ ހަމަޖެހިފައެވެ.
މިބައްދަލުވުމުގެ އެޖެންޑާ ތިރީގައި އެވަނީއެވެ.
1- މިހާރު ފާސްކޮށް އަމަލުކުރަމުން ގެންދާ ލޭންޑްޔޫސް ޕްލޭނަށް ބަދަލުގެނައުމާމެދު ރައްޔިތުންނާ މަޝްވަރާކޮށް ގޮތެއް ނިންމުން
2- ސަރުކާރުގެ އެކި ބޭނުންތަކަށް ބިންހަމަޖެއްސުމަށް އެދިފައިވާތީ އެބިންތަށް ދޫކުރުމާމެދު ރައްޔިތުންނާ މަޝްވަރާކޮށް ގޮތެއްނިނުންމުން
3- ބަނދަރުބެލެހެއްޓުމާބެހޭ ޤަވާއިދު ރައްޔިތުންނަށް ހުށަހަޅައި ޚިޔާލުހޯދުން
ވީމާ މި ބައްދަލުވުމުގައި ބައިވެރިވެދެއްވުމަށް ވަޑައިގެން ދެއްވުން އެދި އެންމެހާ ލޮބުވެތި ރައްޔިތުންނަށް ދަޢުވަތު އަރުވަމެވެ.
މިހެންވެމިކަން އާޢްމުކޮށް އެންގުމަށްޓަކައި އިޢުލާން ކުރީމެވެ.
