ޢާންމު މަޢުލޫމާތު
ނަންބަރު: (IUL)317-PP/317/2025/86
ޕަބްލިޝްކުރި ތާރީޚް: 13 އޮކްޓޫބަރު 2025
ޕަބްލިޝްކުރި ގަޑި: 13:49
މާޅޮސްމަޑުލު ދެކުނުބުރީ ދޮންފަނު ކައުންސިލްގެ އިދާރާ
ދިވެހިރާއްޖެ
ރައްޔިތުންގެ ބައްދަލުވުމުގެ ދަޢުވަތު

ކައުންސިލްގެ ފަރާތުންނިންމަންޖެހޭ ބައެއް ކަންކަން ނިންމުމުގެ ކުރިން ރައްޔިތުންނާ ބައްދަލުކޮށް ރައްޔިތުންގެ ޚިޔާލުހޯދުމަށް ބޭނުންވާތީ 15 އޮކްޓޯބަރ 2025 ވަނަ ދުވަހުގެ ރޭގަނޑު  8:15 ގައި ޕްރީސްކޫލް ހޯލުގައި ބައްދަލުވުމެއް ބޭއްވުމަށްވަނީ ހަމަޖެހިފައެވެ.

                  މިބައްދަލުވުމުގެ އެޖެންޑާ ތިރީގައި އެވަނީއެވެ.

1-      މިހާރު ފާސްކޮށް އަމަލުކުރަމުން ގެންދާ ލޭންޑްޔޫސް ޕްލޭނަށް ބަދަލުގެނައުމާމެދު ރައްޔިތުންނާ މަޝްވަރާކޮށް ގޮތެއް ނިންމުން

2-      ސަރުކާރުގެ އެކި ބޭނުންތަކަށް ބިންހަމަޖެއްސުމަށް އެދިފައިވާތީ އެބިންތަށް ދޫކުރުމާމެދު ރައްޔިތުންނާ މަޝްވަރާކޮށް ގޮތެއްނިނުންމުން

3-      ބަނދަރުބެލެހެއްޓުމާބެހޭ ޤަވާއިދު ރައްޔިތުންނަށް ހުށަހަޅައި ޚިޔާލުހޯދުން 

                  ވީމާ މި ބައްދަލުވުމުގައި ބައިވެރިވެދެއްވުމަށް ވަޑައިގެން ދެއްވުން އެދި އެންމެހާ ލޮބުވެތި ރައްޔިތުންނަށް ދަޢުވަތު އަރުވަމެވެ.

                          މިހެންވެމިކަން އާޢްމުކޮށް އެންގުމަށްޓަކައި އިޢުލާން ކުރީމެވެ.

13 އޮކްޓޫބަރު 2025