ނިލަންދެއަތޮޅު ދެކުނުބުރީ ކުޑަހުވަދޫ ކައުންސިލްގެ އިދާރާ
ދިވެހިރާއްޖެ
ދިވެހިރާއްޖެ
މަސްޖިދުއްސަޢާދާ މިސްކިތުގެ ކަރަންޓް ވައިރު ބަދަލުކޮށްދޭނެ ފަރާތެއް ހޯދުމަށް
އަންދާސީހިސާބު ބޭނުންވެއްޖެ:
ކުޑަހުވަދޫ މަސްޖިދުއްސަޢާދާ މިސްކިތުގެ ކަރަންޓް ވައިރު އަމިއްލަ ތަކެތީގައި ބަދަލު ކޮށްދޭނެ ފަރާތެއް ހޯދުމަށް ބޭނުންވެއެވެ. އަދި މި މަސައްކަތާގުޅޭ އިތުރު މަޢުލޫމާތު ތިރީގައި މިވަނީއެވެ.
- މަސައްކަތްތައް
1- މުޅި މިސްކިތުގެ އެތެރެއާއި ބޭރުގެ ހުރިހާ ވައިރުތަކެއް ބަދަލުކުރުން.
2- ހަލާކުވެފައިވާ ސޮކެޓްތައް، ސުއިޗްތައް، ސާކެޓްތައް އަދި ހޯލްޑަރުތައް ބަދަކުރުން.
- މަސައްކަތާ ގުޅިގެން ދެވޭ މަޢުލޫމާތުދިނުން އޮންނާނީ 2015 ނޮވެންބަރު 01 ވަނަ ދުވަހުގެ 13:00 ގައި ކުޑަހުވަދޫ މަލްޓިޕާޕޯސް ޢިމާރާތުގައެވެ.
- އަންދާސީހިސާބު ބަލައިގަތުން އޮންނާނީ 2015 ނޮވެންބަރު 05 ވަނަ ދުވަހުގެ 13:00 ގައި ކުޑަހުވަދޫ މަލްޓިޕާޕޯސް ޢިމާރާތުގައެވެ.
- މަޢުލޫމާތު ނުނަގާ ފަރާތަކުން ހުށަހަޅާ އަންދާސީހިސާބު ބަލައެއްނުގަނެވޭނެއެވެ. އަދި ބަދަލުގައި މީހަކު ފޮނުވާނަމަ އެކަން އެނގޭނޭ ލިޔުމެއް ހުށަހަޅަންވާނެއެވެ.
- ކުންފުންޏެއްގެ ގޮތުގައި ރަޖިސްޓަރީ ކޮށްފައިވާނަމަ ކުންފުނީގެ ރަޖިސްޓަރީގެ ކޮޕީއާއި ޖީ،އެސް،ޓީ ރަޖިސްޓަރީ ސެޓުފިކެޓު ކޮޕީ ހުށަހަޅަންވާނެއެވެ.
- އަމިއްލަ ފަރުދުންގެ ވިޔަފާރިއެއްނަމަ ވިޔަފާގެ ރަޖިސްޓަރީގެ ކޮޕީ ހުށަހަޅަންވާނެއެވެ.
- ބީލަމުގެ ޞައްޙަކަން މަދުވެގެން 45 ދުވަހަށް އޮންނަންވާނެއެވެ.
- ކޮންމެ ބޭފުޅަކަށް ހުށަހެޅޭނީ 1 އަންދާސީހިސާބެވެ.
- މަސައްކަތް ހަވާލުކުރެވޭނީ، އިވެލުއޭޝަން ކޮމެޓީއަކުން ބިޑްތައް އިވެލުއޭޓްކުރުމަށް ފަހުގައެވެ.
- ބިޑްތައް އިވެލުއޭޓް ކުރުމުގައި މާކްސް ދެވޭނީ ތިރީގައިވާ ކަންކަމަށެވެ.
މަސައްކަތުގެ ޖުމުލަ އަގު |
60% |
ފަންނީ ގާބިލުކަން |
20% |
މުއްދަތު |
20% |
އިތުރު މަޢުލޫމާތު މަޢުލޫމާތު ކަރުދާހުގައި ހިމަނާފައިވާނެއެވެ. |
ވީމާ, މިކަން ޢާންމުކޮށް އެންގުމަށްޓަކައި އިޢުލާންކުރީމެވެ.
08 މުޙައްރަމް 1437
21 އޮކްޓޫބަރު 2015
ހޯދާ