މަސައްކަތް
ނަންބަރު: B-381/I-2015/51
ޕަބްލިޝްކުރި ތާރީޚް: 21 އޮކްޓޫބަރު 2015
ޕަބްލިޝްކުރި ގަޑި: 11:10
ސުންގަޑި: 01 ނޮވެންބަރު 2015 13:00
ނިލަންދެއަތޮޅު ދެކުނުބުރީ ކުޑަހުވަދޫ ކައުންސިލްގެ އިދާރާ
ދިވެހިރާއްޖެ
މަސްޖިދުއްސަޢާދާ މިސްކިތުގެ ކަރަންޓް ވައިރު ބަދަލުކޮށްދޭނެ ފަރާތެއް ހޯދުމަށް

އަންދާސީހިސާބު ބޭނުންވެއްޖެ:

ކުޑަހުވަދޫ މަސްޖިދުއްސަޢާދާ މިސްކިތުގެ ކަރަންޓް ވައިރު އަމިއްލަ ތަކެތީގައި ބަދަލު ކޮށްދޭނެ ފަރާތެއް ހޯދުމަށް ބޭނުންވެއެވެ. އަދި މި މަސައްކަތާގުޅޭ އިތުރު މަޢުލޫމާތު ތިރީގައި މިވަނީއެވެ.

  • މަސައްކަތްތައް

1- މުޅި މިސްކިތުގެ އެތެރެއާއި ބޭރުގެ ހުރިހާ ވައިރުތަކެއް ބަދަލުކުރުން.

2- ހަލާކުވެފައިވާ ސޮކެޓްތައް، ސުއިޗްތައް، ސާކެޓްތައް އަދި ހޯލްޑަރުތައް ބަދަކުރުން.

  • މަސައްކަތާ ގުޅިގެން ދެވޭ މަޢުލޫމާތުދިނުން އޮންނާނީ 2015 ނޮވެންބަރު 01 ވަނަ ދުވަހުގެ 13:00 ގައި ކުޑަހުވަދޫ މަލްޓިޕާޕޯސް ޢިމާރާތުގައެވެ.
  • އަންދާސީހިސާބު ބަލައިގަތުން އޮންނާނީ 2015 ނޮވެންބަރު 05 ވަނަ ދުވަހުގެ 13:00 ގައި ކުޑަހުވަދޫ މަލްޓިޕާޕޯސް ޢިމާރާތުގައެވެ.
  • މަޢުލޫމާތު ނުނަގާ ފަރާތަކުން ހުށަހަޅާ އަންދާސީހިސާބު ބަލައެއްނުގަނެވޭނެއެވެ. އަދި ބަދަލުގައި މީހަކު ފޮނުވާނަމަ އެކަން އެނގޭނޭ ލިޔުމެއް ހުށަހަޅަންވާނެއެވެ.
  • ކުންފުންޏެއްގެ ގޮތުގައި ރަޖިސްޓަރީ ކޮށްފައިވާނަމަ ކުންފުނީގެ ރަޖިސްޓަރީގެ ކޮޕީއާއި ޖީ،އެސް،ޓީ ރަޖިސްޓަރީ ސެޓުފިކެޓު ކޮޕީ ހުށަހަޅަންވާނެއެވެ.
  • އަމިއްލަ ފަރުދުންގެ ވިޔަފާރިއެއްނަމަ ވިޔަފާގެ ރަޖިސްޓަރީގެ ކޮޕީ ހުށަހަޅަންވާނެއެވެ.
  • ބީލަމުގެ ޞައްޙަކަން މަދުވެގެން 45 ދުވަހަށް އޮންނަންވާނެއެވެ.
  • ކޮންމެ ބޭފުޅަކަށް ހުށަހެޅޭނީ 1 އަންދާސީހިސާބެވެ.
  • މަސައްކަތް ހަވާލުކުރެވޭނީ، އިވެލުއޭޝަން ކޮމެޓީއަކުން ބިޑްތައް އިވެލުއޭޓްކުރުމަށް ފަހުގައެވެ.
  • ބިޑްތައް އިވެލުއޭޓް ކުރުމުގައި މާކްސް ދެވޭނީ ތިރީގައިވާ ކަންކަމަށެވެ.

މަސައްކަތުގެ ޖުމުލަ އަގު

60%

ފަންނީ ގާބިލުކަން

20%

މުއްދަތު

20%

އިތުރު މަޢުލޫމާތު މަޢުލޫމާތު ކަރުދާހުގައި ހިމަނާފައިވާނެއެވެ.

ވީމާ, މިކަން ޢާންމުކޮށް އެންގުމަށްޓަކައި އިޢުލާންކުރީމެވެ.            

08 މުޙައްރަމް 1437 

21 އޮކްޓޫބަރު 2015