ދިވެހިރާއްޖެ
ހުޅުމާލެ ހޮސްޕިޓަލުންދޭ މަޢުލޫމާތާއި ފޯރުކޮށްދޭ ފްލޯ ޕްލޭންއާއި އެއްގޮތަށް ހޮސްޕިޓަލުގެ ކުރީގެ ފިޒިއޯތެރަޕީ އޭރިއާއަށް ބަދަލުތަކެއްގެނެސް އިތުރު އީ.ސީ.ޖީ ރޫމަކާއި، ޑްރެސިންގ ރޫމެއް އަދި ލޭނަގާ ކޮޓަރިއެއް، ތައްޔާރުކުރުމަށް ބޭނުންވެއެވެ. ވީމާ، ހޮސްޕިޓަލްއިން ފޯރުކޮށްދޭ މައުލޫމާތާއި އެއްގޮތަށް ޑިޒައިން އެންޑް ބިލްޑް އުސޫލުން މިމަސައްކަތް ކޮށްދޭންނެ ފަރާތެއް ބޭނުންވެއެވެ.
ރެޖިސްޓްރޭޝަން: |
ބީލަމުގައި ބައިވެރިވުމަށް ބޭނުންވާ ފަރާތްތަކުން ބީލަން ރެޖިސްޓްރޭޝަން ފޯމް
ރެޖިސްޓްރީވުމަށް ފޯމު ފޮނުވުމަށްފަހު ފޯމު ލިބުނުކަން ޔަޤީންކުރުމަކީ ބީލަމުގައި ބައިވެރިވާ ފަރާތްތަކުގެ ޒިންމާއެކެވެ. |
ބިޑް ރެޖިސްޓްރޭޝަން ގޫގުލް ފޯމް ލިންކް: |
https://forms.gle/AikeZgyRHWTx8y9J9
|
ޕްރީބިޑް މީޓިންގް: |
ބީލަމުގައި ރަޖިސްޓްރީވާ ފަރާތްތަކަށް ބާއްވާ މައުލޫމާތު ސެޝަން 2025 އޮކްޓޫބަރު 16ވާ ދުވަހުގެ 13:00 ގައި ހުޅުމާލެ ހޮސްޕިޓަލްގެ ވައްލަ މީޓިންގ ރޫމުގައި އޮންނާނެއެވެ. ޕްރީ ބިޑް މީޓިންއަށް ޙާޒިރުނުވާ ފަރާތްތަކަށް ބިޑު ހުށަހެޅުމުގެ ފުރުސަތެއް ނުދެވޭނެއެވެ. |
އަންދާސީ |
2025 އޮކްޓޫބަރު 20 ވާ ދުވަހުގެ ހެނދުނު 11:30 ގައި ބިޑު ހުށަހެޅުން ހުޅުމާލެ ހޮސްޕިޓަލްގެ ވައްލަ މީޓިންގ ރޫމުގައި އޮންނާނެއެވެ. ގަޑިޖެހުމަށްފަހު ހުށަހަޅާ ބިޑުތައް ބަލައިނުގަނެ އަނބުރާ ރައްދު ކުރެވޭނެއެވެ. އަންދާސީ ހިސާބު ހުށަހެޅުމަށް ކަނޑައެޅިފައިވާ ސުންގަޑިއަށްފަހު އަންދާސީ ހިސާބު ބަލައިނުގަނެވޭނެވާހަކަ ދެންނެވީމެވެ. އަންދާސީ ހިސާބު ހުށަހަޅާނީ މިހޮސްޕިޓަލުންދޭ މައުލޫމާތު ޝީޓާއި އެއްގޮތަށެވެ. |
މިއިއުލާނާއި ގުޅޭގޮތުން އެއްވެސް އިތުރު މައުލޫމާތެއް ސާފުކުރައްވަން ބޭނުންފުޅުވެ ވަޑައިގަންނަވާނަމަ [email protected] އަށް މެއިލްކޮށްދެއްވުން އެދެމެވެ.
އިތުރު މަޢުލޫމާތު ހޯދެވުމަށް ގުޅުއްވާނީ:
ފޯން: 3350113 / 3350152
އީ-މެއިލް: [email protected]
ޕްރޮކިޔުމެންޓް ޑިޕާޓްމެންޓް