މަސައްކަތް
ނަންބަރު: TENDER/HMH/2025/047
ޕަބްލިޝްކުރި ތާރީޚް: 12 އޮކްޓޫބަރު 2025
ޕަބްލިޝްކުރި ގަޑި: 21:48
ސުންގަޑި: 15 އޮކްޓޫބަރު 2025 12:00
ހުޅުމާލެ ހޮސްޕިޓަލް
ދިވެހިރާއްޖެ
ހުޅުމާލެ ހޮސްޕިޓަލުންދޭ މަޢުލޫމާތާއި ފޯރުކޮށްދޭ ފްލޯ ޕްލޭންއާއި އެއްގޮތަށް ހޮސްޕިޓަލުގެ ކުރީގެ ފިޒިއޯތެރަޕީ އޭރިއާއަށް ބަދަލުތަކެއްގެނެސް އިތުރު އީ.ސީ.ޖީ ރޫމަކާއި، ޑްރެސިންގ ރޫމެއް އަދި ލޭނަގާ ކޮޓަރިއެއް، ތައްޔާރުކޮށްދޭނެ ފަރާތެއް ހޯދުން

ހުޅުމާލެ ހޮސްޕިޓަލުންދޭ މަޢުލޫމާތާއި ފޯރުކޮށްދޭ ފްލޯ ޕްލޭންއާއި އެއްގޮތަށް ހޮސްޕިޓަލުގެ ކުރީގެ ފިޒިއޯތެރަޕީ އޭރިއާއަށް ބަދަލުތަކެއްގެނެސް އިތުރު އީ.ސީ.ޖީ ރޫމަކާއި، ޑްރެސިންގ ރޫމެއް އަދި ލޭނަގާ ކޮޓަރިއެއް، ތައްޔާރުކުރުމަށް ބޭނުންވެއެވެ. ވީމާ، ހޮސްޕިޓަލްއިން ފޯރުކޮށްދޭ މައުލޫމާތާއި އެއްގޮތަށް ޑިޒައިން އެންޑް ބިލްޑް އުސޫލުން މިމަސައްކަތް ކޮށްދޭންނެ ފަރާތެއް ބޭނުންވެއެވެ.

ރެޖިސްޓްރޭޝަން:

ބީލަމުގައި ބައިވެރިވުމަށް ބޭނުންވާ ފަރާތްތަކުން ބީލަން ރެޖިސްޓްރޭޝަން ފޯމް
2025 އޮކްޓޫބަރ 15 ވާ ދުވަހުގެ މެންދުރު 12:00ގެ ކުރިން ގޫގުލް ފޯމް މެދުވެރިކޮށް ފުރިހަމަކުރަންވާނެއެވެ. ސުންގަޑީގެ ފަހުން ފޮނުވާ ފޯމްތައް ބަލައިނުގަނެވޭއެވެ. އަގު ހުށަހެޅޭނީ ބީލަމަށް ރަޖިސްޓްރީކުރާ ފަރާތްތަކަށެވެ.

 

ރެޖިސްޓްރީވުމަށް ފޯމު ފޮނުވުމަށްފަހު ފޯމު ލިބުނުކަން ޔަޤީންކުރުމަކީ ބީލަމުގައި ބައިވެރިވާ ފަރާތްތަކުގެ ޒިންމާއެކެވެ.

ބިޑް ރެޖިސްޓްރޭޝަން ގޫގުލް ފޯމް ލިންކް:

https://forms.gle/AikeZgyRHWTx8y9J9

 

ޕްރީބިޑް މީޓިންގް:

ބީލަމުގައި ރަޖިސްޓްރީވާ ފަރާތްތަކަށް ބާއްވާ މައުލޫމާތު ސެޝަން 2025 އޮކްޓޫބަރު 16ވާ ދުވަހުގެ 13:00 ގައި ހުޅުމާލެ ހޮސްޕިޓަލްގެ ވައްލަ މީޓިންގ ރޫމުގައި އޮންނާނެއެވެ.

ޕްރީ ބިޑް މީޓިންއަށް ޙާޒިރުނުވާ ފަރާތްތަކަށް ބިޑު ހުށަހެޅުމުގެ ފުރުސަތެއް ނުދެވޭނެއެވެ.

އަންދާސީ
ހިސާބު ހުށަހެޅުން:

2025 އޮކްޓޫބަރު 20 ވާ ދުވަހުގެ ހެނދުނު 11:30 ގައި ބިޑު ހުށަހެޅުން ހުޅުމާލެ ހޮސްޕިޓަލްގެ ވައްލަ މީޓިންގ ރޫމުގައި އޮންނާނެއެވެ. ގަޑިޖެހުމަށްފަހު ހުށަހަޅާ ބިޑުތައް ބަލައިނުގަނެ އަނބުރާ ރައްދު ކުރެވޭނެއެވެ.

އަންދާސީ ހިސާބު ހުށަހެޅުމަށް ކަނޑައެޅިފައިވާ ސުންގަޑިއަށްފަހު އަންދާސީ ހިސާބު ބަލައިނުގަނެވޭނެވާހަކަ ދެންނެވީމެވެ. އަންދާސީ ހިސާބު ހުށަހަޅާނީ މިހޮސްޕިޓަލުންދޭ މައުލޫމާތު ޝީޓާއި އެއްގޮތަށެވެ.

މިއިއުލާނާއި ގުޅޭގޮތުން އެއްވެސް އިތުރު މައުލޫމާތެއް ސާފުކުރައްވަން ބޭނުންފުޅުވެ ވަޑައިގަންނަވާނަމަ [email protected] އަށް މެއިލްކޮށްދެއްވުން އެދެމެވެ.

އިތުރު މަޢުލޫމާތު ހޯދެވުމަށް ގުޅުއްވާނީ:

ފޯން: 3350113 / 3350152

އީ-މެއިލް: [email protected]

 

ޕްރޮކިޔުމެންޓް ޑިޕާޓްމެންޓް

12 އޮކްޓޫބަރު 2025