މިނިސްޓްރީ އޮފް އިސްލާމިކް އެފެއާޒް
ދިވެހިރާއްޖެ
މިސްކިތުގެ މަސައްކަތް ކޮށްދޭނެ ފަރާތެއް ހޯދަން

މި މިނިސްޓްރީގެ ފަރާތުން ށ.ފޭދޫގައި އަލަށް އިމާރާތް ކުރުމަށް ހަމަޖެހިފައިވާ މިސްކިތުގެ މަސައްކަތް ކޮށްދޭނެ ފަރާތެއް ހޯދަން ބޭނުންވެއްޖެއެވެ.

ވީމާ، މިމަސައްކަތް ކުރެއްވުމަށް ޝައުޤުވެރިވާ، މިނިސްޓްރީ އޮފް ހައުސިންގް އެންޑް އިންފްރާސްޓްރަކްޗަރުގެ ކޮންޓްރެކްޓަރސް ރަޖިސްޓަރީގައި ރަޖިސްޓަރީ ވެފައިވާ ފަރާތްތަކުން 29 އޮކްޓޫބަރު 2015 ވާ ބުރާސްފަތި ދުވަހުގެ 13:00 އަށް މި މިނިސްޓްރީގެ މީޓިންގރޫމަށް ވަޑައިގެން މަޢުލޫމާތު ސާފުކުރެއްވުމަށްފަހު 02 ނޮވެންބަރު 2015 ވާ ހޯމަ ދުވަހުގެ 13:00 އަށް މި މިނިސްޓްރީއަށް ވަޑައިގެން އަންދާސީހިސާބު ހުށަހެޅުއްވުން އެދެމެވެ. މަޢުލޫމާތު ދިނުމުގެ ބައްދަލުވުމަށް ހާޒިރުނުވާ ފަރާތްތަކަށް އަންދާސީހިސާބު ހުށަހެޅުމުގެ ފުރުޞަތު ނޯންނާނެވާހަކަ ދަންނަވަމެވެ.

އަންދާސީހިސާބުތަކަށް މާކްސް ދޭނެ ގޮތުގެ ކްރައިޓީރިއާ:

މާކްސް ދެވޭ
ކުރައިޓީރިއާ

މާކްސް 
ދެވޭގޮތް

ތަފުސީލު

ފޯމިއުލާ

އަގު

40%

  • މަސައްކަތުގެ އަގަށް ދޭ މާކްސް
  • މި މިނިސްޓްރީގެ އިވެލުއޭޝަނުން ފާސްވާ ފަރާތްތަކުން ހުށަހަޅާ އެންމެ ކުޑައަގަކީ ބެންޗްމާކެއް ކަމުގައި ބަލައިގެން ކުރައިޓީރިއާއަށް އެލޮކޭޓް ކުރެވިފައިވާ % ހުރިހާ އަގުތަކެއްގެ މެދުގައި ބަހާލައިގެންނެވެ.
  • މިގޮތުން އެންމެ ގިނަ މާކްސް ލިބޭނީ އެންމެ ކުޑައަގެއް ހުށަހަޅާ ފަރާތަކަށެވެ.

Benchmark price/(Submitted price) x Allocated Percentage

ފަންނީ ޤާބިލުކަން

30%

  • މަސައްކަތް ކުރުމުގެ ޤާބިލުކަން ހުރި މިންވަރު.
  • މިގޮތުން އެންމެ ގިނަ މާކްސް ލިބޭނީ މިބާވަތުގެ މަސައްކަތުގެ ތަޖުރިބާ އެންމެ ގިނައިން ހުރި ފަރާތް ބެންޗްމާކެއް ކަމަށް ބަލައި ތަރުތީބުން މާކްސް ދޭގޮތަށް.

Technical Team, Experience /( Benchmark Profile) x Allocated percentage

މުއްދަތު

20%

  • މަސައްކަތް ނިންމުމަށް ހުށަހަޅާފައިވާ މުއްދަތު
  • މާކްސް ދެވޭނީ އެންމެ ކުރު މުއްދަތު ހުށަހަޅާފައިވާ މުއްދަތު ބެންޗްމާކެއް ކަމުގައި ބަލައިގެންނެވެ.
  • މިގޮތުން އެންމެ ގިނަ މާކްސް ލިބޭނީ އެންމެ ކުރުމުއްދަތެއް ހުށަހަޅާ ފަރާތަކަށެވެ.

Benchmark duration/(Submitted duration) x Allocated percentage

ތަޖުރިބާ

10%

  • މި މިނިސްޓްރީގެ ބިޑް އިވެލުއޭޝަން ކޮމިޓީން ނިންމަވާ އެންމެ ރަނގަޅު ޕްރޮފައިލް.
  • މަސައްކަތް ކުރުމުގެ ޤާބިލުކަން ހުރި މިންވަރު.
  • މިގޮތުން އެންމެ ގިނަ މާކްސް ލިބޭނީ މިބާވަތުގެ މަސައްކަތުގެ ތަޖުރިބާ އެންމެ ގިނައިން ހުރި ފަރާތް ބެންޗްމާކެއް ކަމަށް ބަލައި ތަރުތީބުން މާކްސް ދޭގޮތަށް.

Profile Marks, Experience /( Benchmark Profile) x Allocated percentage

އިތުރު މަޢުލޫމާތު ހޯއްދެއްވުމަށް ގުޅުއްވާނީ 3020240 އަށެވެ.

08 މުޙައްރަމް 1437

21 އޮކްޓޫބަރު 2015
ހޯދާ