ދިވެހިރާއްޖެ
މި މިނިސްޓްރީގެ ފަރާތުން ށ.ފޭދޫގައި އަލަށް އިމާރާތް ކުރުމަށް ހަމަޖެހިފައިވާ މިސްކިތުގެ މަސައްކަތް ކޮށްދޭނެ ފަރާތެއް ހޯދަން ބޭނުންވެއްޖެއެވެ.
ވީމާ، މިމަސައްކަތް ކުރެއްވުމަށް ޝައުޤުވެރިވާ، މިނިސްޓްރީ އޮފް ހައުސިންގް އެންޑް އިންފްރާސްޓްރަކްޗަރުގެ ކޮންޓްރެކްޓަރސް ރަޖިސްޓަރީގައި ރަޖިސްޓަރީ ވެފައިވާ ފަރާތްތަކުން 29 އޮކްޓޫބަރު 2015 ވާ ބުރާސްފަތި ދުވަހުގެ 13:00 އަށް މި މިނިސްޓްރީގެ މީޓިންގރޫމަށް ވަޑައިގެން މަޢުލޫމާތު ސާފުކުރެއްވުމަށްފަހު 02 ނޮވެންބަރު 2015 ވާ ހޯމަ ދުވަހުގެ 13:00 އަށް މި މިނިސްޓްރީއަށް ވަޑައިގެން އަންދާސީހިސާބު ހުށަހެޅުއްވުން އެދެމެވެ. މަޢުލޫމާތު ދިނުމުގެ ބައްދަލުވުމަށް ހާޒިރުނުވާ ފަރާތްތަކަށް އަންދާސީހިސާބު ހުށަހެޅުމުގެ ފުރުޞަތު ނޯންނާނެވާހަކަ ދަންނަވަމެވެ.
އަންދާސީހިސާބުތަކަށް މާކްސް ދޭނެ ގޮތުގެ ކްރައިޓީރިއާ:
މާކްސް ދެވޭ |
މާކްސް |
ތަފުސީލު |
ފޯމިއުލާ |
އަގު |
40% |
|
Benchmark price/(Submitted price) x Allocated Percentage |
ފަންނީ ޤާބިލުކަން |
30% |
|
Technical Team, Experience /( Benchmark Profile) x Allocated percentage |
މުއްދަތު |
20% |
|
Benchmark duration/(Submitted duration) x Allocated percentage |
ތަޖުރިބާ |
10% |
|
Profile Marks, Experience /( Benchmark Profile) x Allocated percentage |
އިތުރު މަޢުލޫމާތު ހޯއްދެއްވުމަށް ގުޅުއްވާނީ 3020240 އަށެވެ.
08 މުޙައްރަމް 1437