|
- ޕްރޮކިއުމަންޓް ޑިޕާޓްމަންޓުގެ މަސައްކަތްތައް ހިންގައި ބަލަހައްޓައި، ޕްރޮކިއުމަންޓް ޕޮލިސީއަށް ފުރިހަމައަށް ޢަމަލުކުރެވޭކަން ޔަޤީންކުރުން.
- ޕްރޮކިއުމަންޓާއި ގުޅޭ ޤާނޫނުތަކާއި ޤަވާއިދުތަކަށް އަންނަ ބަދަލުތައް ބަލައި، ކުންފުނީގެ އުޞޫލުތައް ކަނޑައެޅިފައިވަނީ ޤާނޫނާއި ޤަވާއިދުތަކާއި އެއްގޮތަށްކަން ޔަޤީންކޮށް މުރާޖަޢާކުރަންޖެހޭ ކަންތައްތައް މުރާޖަޢާކުރުން.
- ކުންފުނިން ކުރިއަށް ގެންދެވޭ ޕްރޮޖެކްޓްތަކުގެ މަސައްކަތް އެންމެ އެކަށީގެންވާ ގޮތުގައި ކުރިއަށް ގެންދިއުމަށް، ޕްރޮޖެކްޓްތަކަށް ބޭނުންވާ ތަކެތި އެންމެ އަވަސް މުއްދަތެއްގެ ތެރޭގައި ޕޮލިސީގެ ތެރެއިން ލިބޭނެ އިންތިޒާމު ހަމަޖެއްސުން.
- ސަޕްލައި ކުރާ ފަރާތްތަކާއެކު ޝަރުޠުތަކާއި ޤަވާއިދުތަކާމެދު މަޝްވަރާކޮށް، ކޮންޓްރެކްޓްތައް ޑްރާފްޓްކޮށް ސޮއިކުރުން ކަށަވަރުކުރުމާއި، އެންމެ ރަނގަޅު ޚިދުމަތް ފޯރުކޮށްދިނުމަށް ސަޕްލައި ކުރާ ފަރާތްތަކާއެކު ދެމެހެއްޓެނިވި ގުޅުންތައް ޤާއިމުކޮށް ބެލެހެއްޓުން.
- ޕްރޮކިއުމަންޓް ޚަރަދުތައް ޤަވާއިދުން މޮނިޓަރކޮށް ކޮންޓްރޯލްކުރުމާއެކު، ގަންނަ ތަކެތި ބަޖެޓުގެ ތެރޭގައި ކުރެވޭތޯއާއި، ޚަރަދު ކުޑަކަން ކަށަވަރުކޮށް، އެމްޕީއެލްގެ ޖުމްލަ މާލީ ލަނޑުދަނޑިތަކަށް އެހީތެރިވެދިނުމަށްޓަކައި ކޮސްޓް-އެފެކްޓިވް ސޮލިއުޝަންތައް ހޯދުން.
- ކުންފުނީގެ ޓެންޑަރ އިވެލުއޭޝަން ކޮމިޓީގެ ފަރާތުން ބީލަން އުޞޫލުން ކުރަންޖެހޭ މަސައްކަތްތައް ދިރާސާކޮށް އެމަސައްކަތެއް ޙަވާލުކުރާނެ ފަރާތެއް ކަނޑައެޅުން.
|