ވަޒީފާގެ ފުރުޞަތު
ނަންބަރު: (IUL)113-HRD/1/2025/132
ޕަބްލިޝްކުރި ތާރީޚް: 09 އޮކްޓޫބަރު 2025
ޕަބްލިޝްކުރި ގަޑި: 14:49
ސުންގަޑި: 12 އޮކްޓޫބަރު 2025 12:00
މޯލްޑިވްސް ޕޯޓްސް ލިމިޓެޑް
ދިވެހިރާއްޖެ
ވަޒީފާގެ ފުރުޞަތު

މަޤާމް :އެސިސްޓަންޓް ޖެނެރަލް މެނޭޖަރ
ބޭނުންވާ އަދަދު :1

މަހަކު 13,000 ރުފިޔާ

އަސާސީ މުސާރަ

- 20,500 އާއި 22,000 ރުފިޔާއާއި ދެމެދުގެ އެލަވަންސް.

- މުވައްޒަފުންނަށް ކުންފުނިން ފަހިކޮށްދޭ މެޑިކަލް ހެލްތް އިންޝުއަރެންސް.

- ދިވެހިރާއްޖޭގެ ޕެންޝަނާބެހޭ ޤާނޫނުގެ ދަށުން ލިބިދެވޭ ޕެންޝަން ކޮންޓްރިބިއުޝަން.

- ސެޓްފިކެޓް ލެވަލް 7 އަދި 8 އަށް ހަމަޖެހިފައިވާ އުޞޫލުގެ މަތިން އެޑިއުކޭޝަނަލް އެލަވަންސް.

އިތުރު އިނާޔަތްތައް

- މަޤާމާއި ގުޅުންހުރި ދާއިރާއަކުން މާސްޓަރސް ޑިގްރީ ހާސިލުކޮށްފައިވުމާއެކު ސީނިއަރ މެނޭޖްމަންޓް ލެވެލްގައި މަދުވެގެން 3 އަހަރު ދުވަހުގެ ތަޖުރިބާ ލިބިފައިވުން.

ޝަރުތު

- ޕްރޮކިއުމަންޓް ޑިޕާޓްމަންޓުގެ މަސައްކަތްތައް ހިންގައި ބަލަހައްޓައި، ޕްރޮކިއުމަންޓް ޕޮލިސީއަށް ފުރިހަމައަށް ޢަމަލުކުރެވޭކަން ޔަޤީންކުރުން.

- ޕްރޮކިއުމަންޓާއި ގުޅޭ ޤާނޫނުތަކާއި ޤަވާއިދުތަކަށް އަންނަ ބަދަލުތައް ބަލައި، ކުންފުނީގެ އުޞޫލުތައް ކަނޑައެޅިފައިވަނީ ޤާނޫނާއި ޤަވާއިދުތަކާއި އެއްގޮތަށްކަން ޔަޤީންކޮށް މުރާޖަޢާކުރަންޖެހޭ ކަންތައްތައް މުރާޖަޢާކުރުން.

- ކުންފުނިން ކުރިއަށް ގެންދެވޭ ޕްރޮޖެކްޓްތަކުގެ މަސައްކަތް އެންމެ އެކަށީގެންވާ ގޮތުގައި ކުރިއަށް ގެންދިއުމަށް، ޕްރޮޖެކްޓްތަކަށް ބޭނުންވާ ތަކެތި އެންމެ އަވަސް މުއްދަތެއްގެ ތެރޭގައި ޕޮލިސީގެ ތެރެއިން ލިބޭނެ އިންތިޒާމު ހަމަޖެއްސުން.

- ސަޕްލައި ކުރާ ފަރާތްތަކާއެކު ޝަރުޠުތަކާއި ޤަވާއިދުތަކާމެދު މަޝްވަރާކޮށް، ކޮންޓްރެކްޓްތައް ޑްރާފްޓްކޮށް ސޮއިކުރުން ކަށަވަރުކުރުމާއި، އެންމެ ރަނގަޅު ޚިދުމަތް ފޯރުކޮށްދިނުމަށް ސަޕްލައި ކުރާ ފަރާތްތަކާއެކު ދެމެހެއްޓެނިވި ގުޅުންތައް ޤާއިމުކޮށް ބެލެހެއްޓުން.

- ޕްރޮކިއުމަންޓް ޚަރަދުތައް ޤަވާއިދުން މޮނިޓަރކޮށް ކޮންޓްރޯލްކުރުމާއެކު، ގަންނަ ތަކެތި ބަޖެޓުގެ ތެރޭގައި ކުރެވޭތޯއާއި، ޚަރަދު ކުޑަކަން ކަށަވަރުކޮށް، އެމްޕީއެލްގެ ޖުމްލަ މާލީ ލަނޑުދަނޑިތަކަށް އެހީތެރިވެދިނުމަށްޓަކައި ކޮސްޓް-އެފެކްޓިވް ސޮލިއުޝަންތައް ހޯދުން.

- ކުންފުނީގެ ޓެންޑަރ އިވެލުއޭޝަން ކޮމިޓީގެ ފަރާތުން ބީލަން އުޞޫލުން ކުރަންޖެހޭ މަސައްކަތްތައް ދިރާސާކޮށް އެމަސައްކަތެއް ޙަވާލުކުރާނެ ފަރާތެއް ކަނޑައެޅުން.

މަޤާމުގެ މައިގަނޑު މަސްޢޫލިއްޔަތު

- މި އިޢުލާނަށް ކުރިމަތިލާ ފަރާތްތަކުގެ ތެރެއިން އިންޓަރވިއުއަށް ދަޢުވަތު ދެވޭނީ ހަމައެކަނި ޝޯޓްލިސްޓްކުރެވޭ ފަރާތްތަކަށެވެ.

އިތުރު މައުލޫމާތު

ދުވާލަކު 08 ގަޑިއިރު

މަސައްކަތްކުރަންޖެހޭ ވަގުތު

މޯލްޑިވްސް ޕޯޓްސް ލިމިޓެޑް / ޕްރޮކިއުމަންޓް

މަސައްކަތް ކުރަންޖެހޭ ތަން

- ތަޢުލީމީ ސެޓްފިކެޓްތަކުގެ ކޮޕީ

(ހ) މޯލްޑިވްސް ކޮލިފިކޭޝަން އޮތޯރިޓީން ފެންވަރު/ލެވަލް ކަނޑައަޅައި ތައްގަނޑު ޖަހާފައިވާ، ރާއްޖެއިން ބޭރުގެ މަތީ ތަޢުލީމުދޭ މަރުކަޒަކުން ދޫކޮށްފައިވާ ތަޢުލީމީ ސެޓުފިކެޓުތަކުގެ ކޮޕީއާއި ޓްރާންސްކްރިޕްޓުގެ ކޮޕީ؛ ނުވަތަ: ސެޓްފިކެޓު ނެތް ހާލަތްތަކުގައި، ކޯސް ފުރިހަމަކުރިކަމުގެ ލިޔުމުގެ ކޮޕީއާއި، މޯލްޑިވްސް ކޮލިފިކޭޝަންސް އޮތޯރިޓީން ދޫކޮށްފައިވާ އެމް.ކިއު.އޭ އެސެސްމެންޓް ރިޕޯޓްގެ ކޮޕީ އަދި ޓްރާންސްކްރިޕްޓްގެ ކޮޕީ.

(ށ) ރާއްޖޭގެ މަތީ ތައުލީމުދޭ މަރުކަޒަކުން ދޫކޮށްފައިވާ ތައުލީމީ ސެޓުފިކެޓުތަކުގެ ކޮޕީއާއި ޓްރާންސްކްރިޕްޓްގެ ކޮޕީ؛ ނުވަތަ ކޯސް ފުރިހަމަކުރިކަމުގެ ލިޔުމުގެ ކޮޕީއާއި ޓްރާންސްކްރިޕްޓްގެ ކޮޕީ.

- ދިވެހި ރައްޔިތެއްކަން އަންގައިދޭ ކާޑުގެ ކޮޕީ (މުއްދަތު ހަމަނުވާ)

- ވަޒީފާއަށް ކުރިމަތިލާ ފަރާތުގެ ވަނަވަރު ވަޒީފާގައި އުޅުނުކަމުގެ ލިޔެކިޔުންތައް

ވަޒީފާއަށް އެދި ހުށަހަޅަންޖެހޭ ތަކެތި

2025 އޮކްޓޯބަރ 12 ވާ އާދީއްތަ ދުވަހުގެ 12:00ގެ ކުރިން.

ސުންގަޑި

މި މަޤާމަށް މީހަކު ހޮވުމަށް ބޭއްވޭ އިންޓަރވިއު އޮންނާނީ 2025 އޮކްޓޯބަރ 13 އާއި 2025  އޮކްޓޯބަރ 20 އާއި ދެމެދުގައެވެ.

އިންޓަރވިއު މުއްދަތު

މި މަޤާމްތަކަށް ޝައުޤުވެރިވެލައްވާ ފަރާތްތައް އެމް.ޕީ.އެލްގެ އޮންލައިން ޖޮބް އެޕްލިކޭޝަން ޕޯޓަލް މެދުވެރިކޮށް 2025 އޮކްޓޯބަރ 12 ވަނަ ދުވަހުގެ 12:00ގެ ކުރިން އެޕްލިކޭޝަން ހުށަހަޅަންވާނެއެވެ.

ހުށަހަޅަންޖެހޭ އޮފީސް

https://jobs.port.mv/

ޖޮބް ޕޯޓަލް ލިންކް

09 އޮކްޓޫބަރު 2025