މިނިސްޓްރީ އޮފް ޑިފެންސް އެންޑް ނޭޝަނަލް ސެކިއުރިޓީ
ދިވެހިރާއްޖެ
ތަމްރީނާއި އުނގެނުމުގެ ފުރުޞަތު

ކޯސް:

ޔުނައިޓެޑް ސްޓޭޓްސް މިލިޓަރީ އެކެޑަމީ (ޔޫ.އެސް.އެމް.އޭ)

ޖާގައިގެ އަދަދު:

6

އިންސްޓިޓިއުޓް / ޤައުމު:

ޔުނައިޓެޑް ސްޓޭޓްސް މިލިޓަރީ އެކެޑަމީ / އެމެރިކާ

މުއްދަތު:

4 އަހަރު

ކޯހުގެ ބާވަތް:

މިލިޓަރީ

ކޯހުގެ ޚަރަދު:

އެމެރިކާ ސަރުކާރު އަދި އެމް.އެން.ޑީ.އެފް

ކޯހުން ހާސިލުވާ ތަޢުލީމީ ފެންވަރު:

ބެޗްލަރސް ޑިގްރީ

ޝަރުޠު:

1- އުމުރުން 17 އަހަރު ފުރިފައިވާ އަދި 2016 ވަނަ އަހަރުގެ ޖުލައި 01 ވަނަ ދުވަހުގެ ކުރިން 23 އަހަރު ނުފުރޭ، ޒަވާޖީ ހަޔާތެއް ފަށާފައިނުވާ ފަރާތެއް ކަމުގައިވުން.

2- ޖީ.ސީ.އީ އޭ ލެވެލް ހަދާފައިވާ ނުވަތަ ޖީ.ސީ.އީ އޭ ލެވެލާ އެއްފެންވަރުގެ ނުވަތަ އެއަށްވުރެ މަތީ ފަންތީގެ ސަނަދެއް ލިބިފައިވާ ފަރާތެއްކަމުގައިވުން. (މިގޮތުން ނަތީޖާ ރަނގަޅު ފަރާތްތަކަށް އިސްކަންދެވޭނެއެވެ.)

3- ނަފުސާނީ ގޮތުންނާއި ޖިސްމާނީގޮތުން ދުޅަހެޔޮ އަދި ރަނގަޅަށް ފަތަން ދަންނަ ހަށިހެޔޮ ފަރާތެއްކަމުގައިވުން.

4- ސްކޮލާސްޓިކް އެޕްޓިޓިއުޑް ޓެސްޓް (SAT) ހަދާފައިވާ ފަރާތެއް ކަމުގައިވުން. (މި ޓެސްޓަކީ ކޯހަށް އެޕްލައިކުރުމަށްފަހުވެސް ފުރިހަމަ ކުރެވިދާނެ ޓެސްޓެކެވެ.)

5- ޓެސްޓް އޮފް އިންގްލިޝް އޭޒް އަ ފޮރިންގ ލޭންގުއޭޖް (TOEFL) ހަދާފައިވާ ފަރާތެއްކަމުގައިވުން. (މި ޓެސްޓަކީ ކޯހަށް އެޕްލައިކުރުމަށްފަހުވެސް ފުރިހަމަ ކުރެވިދާނެ ޓެސްޓެކެވެ.)

ސުންގަޑި:

މިކޯހަށް ޝަރުޠު ހަމަވާ ފަރާތްތަކުން ކޯސް އެޕްލިކޭޝަން ފޯމު ފުރުއްވުމަށްފަހު، 2015 އޮކްޓޫބަރު 29 ވަނަ ދުވަހުގެ އޮފީސް ބަންދުވުމުގެ ކުރިން އެމް.އެން.ޑީ.އެފް (ބަންޑާރަ ކޮށި) އަށް ވަޑައިގެން ހުށަހެޅުއްވުން އެދެމެވެ. އަދި ފޯމު ހުށަހަޅުއްވަން ވަޑައިގެން 9923148 / 7902029 ފޯނަށް ގުޅުއްވުމަށްވެސް ދަންނަވަމެވެ.

  • ކޯހާބެހޭ އިތުރު މަޢުލޫމާތު:

- އިތުރު މަޢުލޫމާތު ހޯއްދެވުމަށް ފޯން ނަންބަރު: 3322607 (އެކްސްޓެންޝަން 3563)، 9923148 އަށް ގުޅުއްވުން އެދެމެވެ.

- ކޯސް އެޕްލިކޭޝަން ފޯމު އެމް.އެން.ޑީ.އެފްގެ ވެބްސައިޓް (www.mndf.gov.mv) އިން ލިބިވަޑައިގަންނަވާނެއެވެ.

- ކޯހަށް ހޮވޭ ފަރާތްތައް އެމް.އެން.ޑީ.އެފް. ގެ ވަޒީފާ ހަމަޖައްސައިދެވޭނެއެވެ.

02 މުޙައްރަމް 1437

15 އޮކްޓޫބަރު 2015
ހޯދާ