ދިވެހިރާއްޖެ
ކޯސް: |
ޔުނައިޓެޑް ސްޓޭޓްސް މިލިޓަރީ އެކެޑަމީ (ޔޫ.އެސް.އެމް.އޭ) |
ޖާގައިގެ އަދަދު: |
6 |
އިންސްޓިޓިއުޓް / ޤައުމު: |
ޔުނައިޓެޑް ސްޓޭޓްސް މިލިޓަރީ އެކެޑަމީ / އެމެރިކާ |
މުއްދަތު: |
4 އަހަރު |
ކޯހުގެ ބާވަތް: |
މިލިޓަރީ |
ކޯހުގެ ޚަރަދު: |
އެމެރިކާ ސަރުކާރު އަދި އެމް.އެން.ޑީ.އެފް |
ކޯހުން ހާސިލުވާ ތަޢުލީމީ ފެންވަރު: |
ބެޗްލަރސް ޑިގްރީ |
ޝަރުޠު: |
1- އުމުރުން 17 އަހަރު ފުރިފައިވާ އަދި 2016 ވަނަ އަހަރުގެ ޖުލައި 01 ވަނަ ދުވަހުގެ ކުރިން 23 އަހަރު ނުފުރޭ، ޒަވާޖީ ހަޔާތެއް ފަށާފައިނުވާ ފަރާތެއް ކަމުގައިވުން. 2- ޖީ.ސީ.އީ އޭ ލެވެލް ހަދާފައިވާ ނުވަތަ ޖީ.ސީ.އީ އޭ ލެވެލާ އެއްފެންވަރުގެ ނުވަތަ އެއަށްވުރެ މަތީ ފަންތީގެ ސަނަދެއް ލިބިފައިވާ ފަރާތެއްކަމުގައިވުން. (މިގޮތުން ނަތީޖާ ރަނގަޅު ފަރާތްތަކަށް އިސްކަންދެވޭނެއެވެ.) 3- ނަފުސާނީ ގޮތުންނާއި ޖިސްމާނީގޮތުން ދުޅަހެޔޮ އަދި ރަނގަޅަށް ފަތަން ދަންނަ ހަށިހެޔޮ ފަރާތެއްކަމުގައިވުން. 4- ސްކޮލާސްޓިކް އެޕްޓިޓިއުޑް ޓެސްޓް (SAT) ހަދާފައިވާ ފަރާތެއް ކަމުގައިވުން. (މި ޓެސްޓަކީ ކޯހަށް އެޕްލައިކުރުމަށްފަހުވެސް ފުރިހަމަ ކުރެވިދާނެ ޓެސްޓެކެވެ.) 5- ޓެސްޓް އޮފް އިންގްލިޝް އޭޒް އަ ފޮރިންގ ލޭންގުއޭޖް (TOEFL) ހަދާފައިވާ ފަރާތެއްކަމުގައިވުން. (މި ޓެސްޓަކީ ކޯހަށް އެޕްލައިކުރުމަށްފަހުވެސް ފުރިހަމަ ކުރެވިދާނެ ޓެސްޓެކެވެ.) |
ސުންގަޑި: |
މިކޯހަށް ޝަރުޠު ހަމަވާ ފަރާތްތަކުން ކޯސް އެޕްލިކޭޝަން ފޯމު ފުރުއްވުމަށްފަހު، 2015 އޮކްޓޫބަރު 29 ވަނަ ދުވަހުގެ އޮފީސް ބަންދުވުމުގެ ކުރިން އެމް.އެން.ޑީ.އެފް (ބަންޑާރަ ކޮށި) އަށް ވަޑައިގެން ހުށަހެޅުއްވުން އެދެމެވެ. އަދި ފޯމު ހުށަހަޅުއްވަން ވަޑައިގެން 9923148 / 7902029 ފޯނަށް ގުޅުއްވުމަށްވެސް ދަންނަވަމެވެ. |
- އިތުރު މަޢުލޫމާތު ހޯއްދެވުމަށް ފޯން ނަންބަރު: 3322607 (އެކްސްޓެންޝަން 3563)، 9923148 އަށް ގުޅުއްވުން އެދެމެވެ. - ކޯސް އެޕްލިކޭޝަން ފޯމު އެމް.އެން.ޑީ.އެފްގެ ވެބްސައިޓް (www.mndf.gov.mv) އިން ލިބިވަޑައިގަންނަވާނެއެވެ. - ކޯހަށް ހޮވޭ ފަރާތްތައް އެމް.އެން.ޑީ.އެފް. ގެ ވަޒީފާ ހަމަޖައްސައިދެވޭނެއެވެ. |
02 މުޙައްރަމް 1437