ދިވެހިރާއްޖެ
ތ.ކިނބިދޫގައި އަލަށް އިމާރާތްކުރުމަށް ހަމަޖެހިފައި ކޯޓުއިމާރާތް އެޅުމަށް ދޫކޮށްފައިވާ ބިމުގައިހުރި ރުއްގަސް ނަގައި ބިން ސާފުކުރުމުގެ މަސައްކަތް ކޮށްދޭނެ ފަރާތެއް ހޯދުމަށް ކުރެވުނު މިކޯޓުގެ ނަންބަރު: N-11-C/2015/12 އިއުލާނާ ގުޅިގެން އަންދާސީހިސާބުތައް ބަލައިގަނެވިފައިވަނީ ކަނޑައަޅާފައިވާ އުސޫލުތަކާ އެއްގޮތަށް ނޫންކަމަށް މިކޯޓަށް ފާހަގަ ކުރެވިފައިވާތީ، އެ އިޢުލާނު ބާޠިލުކޮށް އެމަސައްކަތް ކޮށްދޭނެ ފަރާތެއް ހޯދުމަށް އަލުން އިޢުލާނު ކުރީމެވެ.
ވީމާ، މިކަމަށް ޝައުޤުވެރިވެވަޑައިގަންނަވާ ފަރާތްތަކުން 26 އޮކްޓޫބަރު 2015 ދުވަހުގެ 13:30 އަށް ތ.ކިނބިދޫ މެޖިސްޓްރޭޓް ކޯޓަށް، ނުވަތަ ތ.ވޭމަންޑޫ މެޖިސްޓްރޭޓް ކޯޓަށް ވަޑައިގެން މައުލޫމާތު ސާފުކުރެއްވުމަށްފަހު، 29 އޮކްޓޫބަރު 2015 ދުވަހުގެ 13:30 އަށް، މަޢުލޫމާތު ސާފުކުރެއްވި ތަނަކަށް ވަޑައިގެން އަންދާސީހިސާބު ހުށަހެޅުއްވުން އެދެމެވެ.
މަޢުލޫމާތު ސާފުކުރެއްވުމަށް ވަޑައިނުގަންނަވާ ފަރާތްތަކުގެ އަންދާސީހިސާބުތައް ބަލައެއް ނުގަނެވޭނެއެވެ.
7 މުޙައްރަމް 1437