މަސައްކަތް
ނަންބަރު: N-11-C/2015/17
ޕަބްލިޝްކުރި ތާރީޚް: 20 އޮކްޓޫބަރު 2015
ޕަބްލިޝްކުރި ގަޑި: 13:39
ސުންގަޑި: 26 އޮކްޓޫބަރު 2015 13:30
ކޮޅުމަޑުލު ވޭމަންޑޫ މެޖިސްޓްރޭޓް ކޯޓު
ދިވެހިރާއްޖެ
ރުއްގަސް ނަގައި ބިން ސާފުކުރުމުގެ މަސައްކަތް ކޮށްދޭނެ ފަރާތެއް ހޯދުމަށް

ތ.ކިނބިދޫގައި އަލަށް އިމާރާތްކުރުމަށް ހަމަޖެހިފައި ކޯޓުއިމާރާތް އެޅުމަށް ދޫކޮށްފައިވާ ބިމުގައިހުރި ރުއްގަސް ނަގައި ބިން ސާފުކުރުމުގެ މަސައްކަތް ކޮށްދޭނެ ފަރާތެއް ހޯދުމަށް ކުރެވުނު މިކޯޓުގެ ނަންބަރު: N-11-C/2015/12 އިއުލާނާ ގުޅިގެން އަންދާސީހިސާބުތައް ބަލައިގަނެވިފައިވަނީ ކަނޑައަޅާފައިވާ އުސޫލުތަކާ އެއްގޮތަށް ނޫންކަމަށް މިކޯޓަށް ފާހަގަ ކުރެވިފައިވާތީ، އެ އިޢުލާނު ބާޠިލުކޮށް އެމަސައްކަތް ކޮށްދޭނެ ފަރާތެއް ހޯދުމަށް އަލުން އިޢުލާނު ކުރީމެވެ.

ވީމާ، މިކަމަށް ޝައުޤުވެރިވެވަޑައިގަންނަވާ ފަރާތްތަކުން 26 އޮކްޓޫބަރު 2015 ދުވަހުގެ 13:30 އަށް ތ.ކިނބިދޫ މެޖިސްޓްރޭޓް ކޯޓަށް، ނުވަތަ ތ.ވޭމަންޑޫ މެޖިސްޓްރޭޓް ކޯޓަށް ވަޑައިގެން މައުލޫމާތު ސާފުކުރެއްވުމަށްފަހު، 29 އޮކްޓޫބަރު 2015 ދުވަހުގެ 13:30 އަށް، މަޢުލޫމާތު ސާފުކުރެއްވި ތަނަކަށް ވަޑައިގެން އަންދާސީހިސާބު ހުށަހެޅުއްވުން އެދެމެވެ.

މަޢުލޫމާތު ސާފުކުރެއްވުމަށް ވަޑައިނުގަންނަވާ ފަރާތްތަކުގެ އަންދާސީހިސާބުތައް ބަލައެއް ނުގަނެވޭނެއެވެ.

7 މުޙައްރަމް 1437

20 އޮކްޓޫބަރު 2015