ދިވެހިރާއްޖެ
1- މިރަށު މަސްޖިދުލް ޙަޟާރާ ފެންވައިރު މަރާމާތުކުރަން ބޭނުންވެއްޖެއެވެ.
2- ފެންއިސްކުރު ބަރި ހިމެނޭ މުށިބަރި ނައްޓައި ފާރު ތަޅައި އަލުން ފެންވައިރު އަޅައި އާ ފެންއިސްކުރު ހަރުކުރަންވާނެއެވެ. އަދި މިސްކިތު ފާޚާނާއަށް ފެންވައިރު ދެކޮޅު ވައްދައި ހޭންޑް ޝަވަރު ވޭލު ހަރުކޮށް ފެންކަރުތަކާއި ފެން އިސްކުރު ގުޅަންވާނެއެވެ.
3- މިމަސައްކަތަށް ބޭނުންވާ މަޢުލޫމާތު ދިނުން 30 ސެޕްޓެމްބަރ 2025 ވަނަ ދުވަހު 09:00 ގައި މަސްޖިދުލް ޙަޟާރާގައި އޮންނާނެއެވެ.
4- މިމަސައްކަތް ކުރުމުގެ ސަބަބުން ކުލަލާންޖެހޭ އެންމެހާ ތަންތަނުގައި ނިޕޯން ބްރޭންޑްގެ ހުދުކުލަ ރީތިކޮށް ލާންވާނެއެވެ. އަދި ތަން ރަގަޅަށް ސާފުކޮށް އެންމެހާ ކުނިބުނި ނައްތާލަންވާނެއެވެ.
5- ކޯޓޭޝަންގައި ބައިވެރިވެވޭނީ މިނިސްޓްރީ އޮފް އިކޮނޮމިކް ޑިވެލޮޕްމަންޓުގައި ކުންފުނި، ޕާޓްނަރޝިޕް، ކޯޕަރޭޓިވް ސޮސައިޓީ ނުވަތަ އަމިއްލަ ފަރުދުންގެ ވިޔަފާރި ރަޖިސްޓްރީ ކޮށްފައިވާ ފަރާތްތަކަށެވެ. ކޯޓޭޝަނާއެކު ވިޔަފާރި ރެޖިސްޓްރީ ކޮޕީއެއް ހުށަހަޅަންވާނެއެވެ.
6- ދައުލަތުގެ މާލިއްޔަތު ޤަވައިދުގާ ބަޔާންކުރާ ' ކްލޯޒް ރިލޭޓިވް ' ނުވަތަ ' ކްލޯޒް އެސޯސިއޭޓް' އެއްކަމަށްވާ ފަރާތެއް މިއިދާރާގެ މުވައްޒަފެއްގެ ގޮތުގައި މަސައްކަތް ކުރާނަމަ އެކަމުގެ މަޢުލޫމާތު ކޯޓޭޝަންގައި ހިމަނަންވާނެއެވެ.
7- ކޯޓޭޝަން ހުށަހަޅާނީ 02 އޮކްޓޫބަރ 2025 ވާ ބުރާސްފަތި ދުވަހު 13:00 ގެ ކުރިން މިއިދާރާއަށެވެ.