މަސައްކަތް
ނަންބަރު: (IUL)322-EP/322/2025/138
ޕަބްލިޝްކުރި ތާރީޚް: 28 ސެޕްޓެންބަރު 2025
ޕަބްލިޝްކުރި ގަޑި: 13:11
ސުންގަޑި: 02 އޮކްޓޫބަރު 2025 13:00
މާޅޮސްމަޑުލު ދެކުނުބުރީ ހިތާދޫ ކައުންސިލްގެ އިދާރާ
ދިވެހިރާއްޖެ
ކޯޓޭޝަން ބޭނުންވެއްޖެ

1-       މިރަށު މަސްޖިދުލް ޙަޟާރާ ފެންވައިރު މަރާމާތުކުރަން ބޭނުންވެއްޖެއެވެ.

2-       ފެންއިސްކުރު ބަރި ހިމެނޭ މުށިބަރި ނައްޓައި ފާރު ތަޅައި އަލުން ފެންވައިރު އަޅައި އާ ފެންއިސްކުރު ހަރުކުރަންވާނެއެވެ. އަދި މިސްކިތު ފާޚާނާއަށް ފެންވައިރު ދެކޮޅު ވައްދައި ހޭންޑް ޝަވަރު ވޭލު ހަރުކޮށް ފެންކަރުތަކާއި ފެން އިސްކުރު ގުޅަންވާނެއެވެ.

3-       މިމަސައްކަތަށް ބޭނުންވާ މަޢުލޫމާތު ދިނުން 30 ސެޕްޓެމްބަރ 2025 ވަނަ ދުވަހު 09:00 ގައި މަސްޖިދުލް ޙަޟާރާގައި އޮންނާނެއެވެ.

4-       މިމަސައްކަތް ކުރުމުގެ ސަބަބުން ކުލަލާންޖެހޭ އެންމެހާ ތަންތަނުގައި ނިޕޯން ބްރޭންޑްގެ ހުދުކުލަ ރީތިކޮށް ލާންވާނެއެވެ. އަދި ތަން ރަގަޅަށް ސާފުކޮށް އެންމެހާ ކުނިބުނި ނައްތާލަންވާނެއެވެ.

5-       ކޯޓޭޝަންގައި ބައިވެރިވެވޭނީ މިނިސްޓްރީ އޮފް އިކޮނޮމިކް ޑިވެލޮޕްމަންޓުގައި ކުންފުނި، ޕާޓްނަރޝިޕް، ކޯޕަރޭޓިވް ސޮސައިޓީ ނުވަތަ އަމިއްލަ ފަރުދުންގެ ވިޔަފާރި ރަޖިސްޓްރީ ކޮށްފައިވާ ފަރާތްތަކަށެވެ. ކޯޓޭޝަނާއެކު ވިޔަފާރި ރެޖިސްޓްރީ ކޮޕީއެއް ހުށަހަޅަންވާނެއެވެ.

6-       ދައުލަތުގެ މާލިއްޔަތު ޤަވައިދުގާ ބަޔާންކުރާ ' ކްލޯޒް ރިލޭޓިވް ' ނުވަތަ ' ކްލޯޒް އެސޯސިއޭޓް' އެއްކަމަށްވާ ފަރާތެއް މިއިދާރާގެ މުވައްޒަފެއްގެ ގޮތުގައި މަސައްކަތް ކުރާނަމަ އެކަމުގެ މަޢުލޫމާތު ކޯޓޭޝަންގައި ހިމަނަންވާނެއެވެ.

7-       ކޯޓޭޝަން ހުށަހަޅާނީ 02 އޮކްޓޫބަރ 2025 ވާ ބުރާސްފަތި ދުވަހު 13:00 ގެ ކުރިން މިއިދާރާއަށެވެ.

 

28 ސެޕްޓެންބަރު 2025