ފެލިދެއަތޮޅު ފެލިދޫ ކައުންސިލްގެ އިދާރާ
ދިވެހިރާއްޖެ
ބީޗުގައި ބަހައްޓާ ބެންޗުތައް ހެދުން

ފެލިދޫ ރައްޔިތުން މޫދަށް އެރުމަށާއި ޕިކްނިކް ދިއުމަށް ކައުންސިލުން ތަރައްޤީކުރާ ބީޗު ސަރަޙައްދުގައި ބަހައްޓާ ބައެއް ތަކެތި ހެދުމުގެ މަސައްކަތް އަމިއްލަ ތަކެތީގައި ކޮށްދޭނެ ފަރާތެއް ހޯދުމަށް ބޭނުންވެއްޖެއެވެ.  

 

މި މަސައްކަތަށް ކުރިމަތިލެވޭނީ ވިޔަފާރި ރަޖިސްޓަރީކުރުމުގެ ޤާނޫނު (18/2014) ގެ ދަށުން ރަޖިސްޓަރީ ވެފައިވާ ކުންފުނިތަކަށާއި، އަމިއްލަ ފަރުދުންގެ ވިޔަފާރީގެ ޤާނޫނު (19/2014) ގެ ދަށުން ރަޖިސްޓަރީ ވެފައިވާ ފަރާތްތަކަށެވެ.

އަންދާސީ ހިސާބު ހުށަހަޅުއްވަންވާނީ ބަންދުކުރެވިފައިވާ ސިޓީއުރައެއްގައެވެ. އަދި ސިޓީއުރައިގެ ބޭރުގައި "ބީޗުގައި ބަހައްޓާ ބެންޗުތައް ހެދުން" މިހެން ލިޔެފައި އަދި ކުންފުނީގެ ނަން ލިޔެފައި އޮންނަންވާނެއެވެ.

 

ބިޑް މަރުހަލާތައް

ތާރީޚް

ދުވަސް

ގަޑި

ތަން

މަޢުލޫމާތު ދިނުން

17 ސެޕްޓެމްބަރ 2025

ބުދަ

10:00

ފެލިދޫ ކައުންސިލްގެ މީޓިން ހޯލް

ބިޑް ހުށަހެޅުން

23 ސެޕްޓެމްބަރ 2025

އަންގާރަ

10:00

ފެލިދޫ ކައުންސިލްގެ މީޓިން ހޯލް

 

ވީމާ މިކަމަށް ޝައުޤުވެރިވެލައްވާ ފަރާތްތަކުން 23 ސެޕްޓެމްބަރ 2025 ވާ އަންގާރަ ދުވަހުގެ 10:00 އަށް މިކައުންސިލް އިދާރާއަށް ވަޑައިގެން އަންދާސީ ހިސާބު ހުށަހެޅުއްވުން އެދެމެވެ.

11 ސެޕްޓެންބަރު 2025
ހޯދާ