ދިވެހިރާއްޖެ
ފެލިދޫ ރައްޔިތުން މޫދަށް އެރުމަށާއި ޕިކްނިކް ދިއުމަށް ކައުންސިލުން ތަރައްޤީކުރާ ބީޗު ސަރަޙައްދުގައި ބަހައްޓާ ބައެއް ތަކެތި ހެދުމުގެ މަސައްކަތް އަމިއްލަ ތަކެތީގައި ކޮށްދޭނެ ފަރާތެއް ހޯދުމަށް ބޭނުންވެއްޖެއެވެ.
މި މަސައްކަތަށް ކުރިމަތިލެވޭނީ ވިޔަފާރި ރަޖިސްޓަރީކުރުމުގެ ޤާނޫނު (18/2014) ގެ ދަށުން ރަޖިސްޓަރީ ވެފައިވާ ކުންފުނިތަކަށާއި، އަމިއްލަ ފަރުދުންގެ ވިޔަފާރީގެ ޤާނޫނު (19/2014) ގެ ދަށުން ރަޖިސްޓަރީ ވެފައިވާ ފަރާތްތަކަށެވެ.
އަންދާސީ ހިސާބު ހުށަހަޅުއްވަންވާނީ ބަންދުކުރެވިފައިވާ ސިޓީއުރައެއްގައެވެ. އަދި ސިޓީއުރައިގެ ބޭރުގައި "ބީޗުގައި ބަހައްޓާ ބެންޗުތައް ހެދުން" މިހެން ލިޔެފައި އަދި ކުންފުނީގެ ނަން ލިޔެފައި އޮންނަންވާނެއެވެ.
ބިޑް މަރުހަލާތައް |
ތާރީޚް |
ދުވަސް |
ގަޑި |
ތަން |
މަޢުލޫމާތު ދިނުން |
17 ސެޕްޓެމްބަރ 2025 |
ބުދަ |
10:00 |
ފެލިދޫ ކައުންސިލްގެ މީޓިން ހޯލް |
ބިޑް ހުށަހެޅުން |
23 ސެޕްޓެމްބަރ 2025 |
އަންގާރަ |
10:00 |
ފެލިދޫ ކައުންސިލްގެ މީޓިން ހޯލް |
ވީމާ މިކަމަށް ޝައުޤުވެރިވެލައްވާ ފަރާތްތަކުން 23 ސެޕްޓެމްބަރ 2025 ވާ އަންގާރަ ދުވަހުގެ 10:00 އަށް މިކައުންސިލް އިދާރާއަށް ވަޑައިގެން އަންދާސީ ހިސާބު ހުށަހެޅުއްވުން އެދެމެވެ.