ދިވެހިރާއްޖެ
މި އިދާރާއިން މިރަށުގައި އަލަށްޖަހާ މަގުބައްތިތަކަށް ކޭބަލްއެޅުމަށްޓަކައި މި އިދާރާއިން ދޭ މައުލޫމާތާއެއްގޮތަށް ކޭބަލް ފޯރުކޮށްދޭނެ ފަރާތެއް ހޯދުމަށް ބޭނުންވެއެވެ. މިކަމަށް ޝައުޤުވެރިވާ ފަރާތްތަކުން 17 ސެޕްޓެމްބަރ 2025ވާ ބުދަ ދުވަހުގެ 13:00ގެ ކުރިން ބަންދު ކުރެވިފައިވާ ސިޓީ އުރައެއްގައި ކައުންސިލްގެ އިދާރާއަށް ނުވަތަ ކައުންސިލް އިދާރާގެ މެއިލް [email protected] އަށް މެއިލްއަށް އަންދާސީ ހިސާބު އަދި ކޯޓޭޝަން ހުށައެޅުއްވުން އެދެމެވެ.
މި ބީލަން ހުޅުވާލެވިފައިވަނީ ވިޔަފާރި ރަޖިސްޓްރީ ކުރުމުގެ ޤާނޫނު (ޤާނޫނު ނަންބަރު:2014/18 ) އަދި (ޤާނޫނު ނަންބަރު: 2014/19) ގެ ދަށުން ރަޖިސްޓްރީ ކުރެވިފައިވާ ކުންފުނި ، ޕާރޓްނަރޝިޕް، އަދި ކޯޕަރޭޓިވް ސޮސައިޓީތަކަށާއި ، އަމިއްލަ ފަރުދުންގެ ވިޔަފާރިތަކަށެވެ.މި މަސައްކަތާ ގުޅޭ އިތުރު މައުލޫމާތު މި އިޢުލާނާއެކު އެޓޭޗްކުރެވިފައިވާނެއެވެ.
އިތުރު މައުލޫމާތު ތިރީގައިވާ އެޑްރެހުން ލިބިވަޑައިގަންނަވާނެއެވެ.
ތިލަދުންމަތީ ދެކުނުބުރީ ނޭކުރެންދޫ ކައުންސިލްގެ އިދާރާ
ގުލްސަންޕާގޯޅި، ހދ.ނޭކުރެންދޫ ، ދިވެހިރާއްޖެ
ފޯން: 6520042
އީމެއިލް: [email protected]
ވީމާ، މިކަން އާއްމުކޮށް އެންގުމަށްޓަކައި އިޢުލާނު ކުރީމެވެ.