ގަންނަން ބޭނުންވާ ތަކެތި
ނަންބަރު: (IUL)268/2025/34
ޕަބްލިޝްކުރި ތާރީޚް: 10 ސެޕްޓެންބަރު 2025
ޕަބްލިޝްކުރި ގަޑި: 13:51
ސުންގަޑި: 17 ސެޕްޓެންބަރު 2025 13:00
ތިލަދުންމަތީ ދެކުނުބުރީ ނޭކުރެންދޫ ކައުންސިލްގެ އިދާރާ
ދިވެހިރާއްޖެ
ކޭބަލް ސަޕްލައިކޮށްދޭނެ ފަރާތެއް ހޯދުން

މި އިދާރާއިން މިރަށުގައި އަލަށްޖަހާ މަގުބައްތިތަކަށް ކޭބަލްއެޅުމަށްޓަކައި މި އިދާރާއިން ދޭ މައުލޫމާތާއެއްގޮތަށް ކޭބަލް ފޯރުކޮށްދޭނެ ފަރާތެއް ހޯދުމަށް ބޭނުންވެއެވެ. މިކަމަށް ޝައުޤުވެރިވާ ފަރާތްތަކުން 17 ސެޕްޓެމްބަރ 2025ވާ ބުދަ  ދުވަހުގެ 13:00ގެ ކުރިން ބަންދު ކުރެވިފައިވާ ސިޓީ އުރައެއްގައި ކައުންސިލްގެ އިދާރާއަށް ނުވަތަ ކައުންސިލް އިދާރާގެ މެއިލް [email protected]  އަށް މެއިލްއަށް އަންދާސީ ހިސާބު އަދި ކޯޓޭޝަން ހުށައެޅުއްވުން އެދެމެވެ. 

މި ބީލަން ހުޅުވާލެވިފައިވަނީ ވިޔަފާރި ރަޖިސްޓްރީ ކުރުމުގެ ޤާނޫނު (ޤާނޫނު ނަންބަރު:2014/18 ) އަދި (ޤާނޫނު ނަންބަރު: 2014/19) ގެ ދަށުން ރަޖިސްޓްރީ ކުރެވިފައިވާ ކުންފުނި ، ޕާރޓްނަރޝިޕް، އަދި ކޯޕަރޭޓިވް ސޮސައިޓީތަކަށާއި ، އަމިއްލަ ފަރުދުންގެ ވިޔަފާރިތަކަށެވެ.މި މަސައްކަތާ ގުޅޭ އިތުރު މައުލޫމާތު މި އިޢުލާނާއެކު އެޓޭޗްކުރެވިފައިވާނެއެވެ.

އިތުރު މައުލޫމާތު ތިރީގައިވާ އެޑްރެހުން ލިބިވަޑައިގަންނަވާނެއެވެ.

ތިލަދުންމަތީ ދެކުނުބުރީ ނޭކުރެންދޫ ކައުންސިލްގެ އިދާރާ

ގުލްސަންޕާގޯޅި، ހދ.ނޭކުރެންދޫ ، ދިވެހިރާއްޖެ

ފޯން: 6520042

އީމެއިލް: [email protected]

ވީމާ، މިކަން އާއްމުކޮށް އެންގުމަށްޓަކައި އިޢުލާނު ކުރީމެވެ.

10 ސެޕްޓެންބަރު 2025