މާޅޮސްމަޑުލު އުތުރުބުރީ ރަސްމާދޫ ކައުންސިލްގެ އިދާރާ
ދިވެހިރާއްޖެ
މަސައްކަތު (ކޮންޓްރެކްޓް)

އިޢުލާން

ވަޒީފާގެ ފުރުޞަތު:

ތިރީގައިމިވާ މަޤާމަށް، ކޮންޓްރެކްޓް އުޞޫލުން، ރ. ރަސްމާދޫ ވޭސްޓް މެނޭޖްމަންޓް ސެންޓަރަށް މުވައްޒަފުން ބޭނުންވެއްޖެއެވެ.

މަޤާމް: މަސައްކަތު (ކޮންޓްރެކްޓް)

އޮފީސް / އިދާރާ: މާޅޮސްމަޑުލު އުތުރުބުރީ ރަސްމާދޫ ކައުންސިލްގެ އިދާރާ

މުސާރަ: 4000.00 ރުފިޔާ

ސަރވިސް އެލަވަންސް: 1000.00 ރުފިޔާ

ބޭނުންވާ އަދަދު: 3 (ތިނެއް)

މަޤާމުގެ ޝަރުޠުތައް:

1- މަޤާމުގެ މަސައްކަތް ކުރުމުގެ ހުނަރު / ޤާބިލްކަން ލިބިފައިވުން.

2- ޞިއްޙަތު ސަލާމަތުންހުރި، ގިނަވަގުތު މަސައްކަތުގައި އުޅެވޭނޭ މީހެއްކަމުގައި ވުން.

މަޤާމަށް އެދެންވީ ގޮތާއި ސުންގަޑި:

2015 އޮކްޓޫބަރު 21 ވާ ބުދަ ދުވަހުގެ މެންދުރުފަހު 13:30ގެ ކުރިން، މާޅޮސްމަޑުލު އުތުރުބުރީ ރަސްމާދޫ ކައުންސިލްގެ އިދާރާއަށް.

މި އިޢުލާނާ ގުޅިގެން މަޢުލޫމާތު ސާފުކުރުމަށް ގުޅާނީ، 6580049 ނަންބަރު ފޯނާއެވެ. ފެކްސް ނަންބަރަކީ 6580049 އެވެ. އީމެއިލް ކުރާނީ [email protected] އަށެވެ.

24 ޛުލްޙިއްޖާ 1436

08 އޮކްޓޫބަރު 2015
ހޯދާ