ދިވެހިރާއްޖެ
އިޢުލާން
ވަޒީފާގެ ފުރުޞަތު:
ތިރީގައިމިވާ މަޤާމަށް، ކޮންޓްރެކްޓް އުޞޫލުން، ރ. ރަސްމާދޫ ވޭސްޓް މެނޭޖްމަންޓް ސެންޓަރަށް މުވައްޒަފުން ބޭނުންވެއްޖެއެވެ.
މަޤާމް: މަސައްކަތު (ކޮންޓްރެކްޓް)
އޮފީސް / އިދާރާ: މާޅޮސްމަޑުލު އުތުރުބުރީ ރަސްމާދޫ ކައުންސިލްގެ އިދާރާ
މުސާރަ: 4000.00 ރުފިޔާ
ސަރވިސް އެލަވަންސް: 1000.00 ރުފިޔާ
ބޭނުންވާ އަދަދު: 3 (ތިނެއް)
މަޤާމުގެ ޝަރުޠުތައް:
1- މަޤާމުގެ މަސައްކަތް ކުރުމުގެ ހުނަރު / ޤާބިލްކަން ލިބިފައިވުން.
2- ޞިއްޙަތު ސަލާމަތުންހުރި، ގިނަވަގުތު މަސައްކަތުގައި އުޅެވޭނޭ މީހެއްކަމުގައި ވުން.
މަޤާމަށް އެދެންވީ ގޮތާއި ސުންގަޑި:
2015 އޮކްޓޫބަރު 21 ވާ ބުދަ ދުވަހުގެ މެންދުރުފަހު 13:30ގެ ކުރިން، މާޅޮސްމަޑުލު އުތުރުބުރީ ރަސްމާދޫ ކައުންސިލްގެ އިދާރާއަށް.
މި އިޢުލާނާ ގުޅިގެން މަޢުލޫމާތު ސާފުކުރުމަށް ގުޅާނީ، 6580049 ނަންބަރު ފޯނާއެވެ. ފެކްސް ނަންބަރަކީ 6580049 އެވެ. އީމެއިލް ކުރާނީ [email protected] އަށެވެ.
24 ޛުލްޙިއްޖާ 1436