ނޭޝަނަލް ބިއުރޯ އޮފް ސްޓެޓިސްޓިކްސް
ދިވެހިރާއްޖެ
އެންޓިވައިރަސް ސޮލިއުޝަންއެއް ހޯދަން ބޭނުންވެއްޖެ

އިޢުލާން

އެންޓިވައިރަސް ސޮލިއުޝަންއެއް ހޯދަން ބޭނުންވެއްޖެ

ތިރީގައި މި ދަންނަވާ ސިސްޓަމްތަކަށް އެންޓިވައިރަސް ސޮލިއުޝަންއެއް ހޯދަން ބޭނުންވެއްޖެއެވެ.

Number of Systems

Antivirus Solution For

1

Microsoft Windows Server 2003 R2

1

Microsoft Windows Server 2003 Enterprise

1

Microsoft Windows Server 2003 R2 Enterprise x64 Edition

2

Microsoft Windows Server 2008 R2 x64

2

Microsoft Windows Server 2012 R2 x64

60

Microsoft Windows 10 x64

ވީމާ، މި ތަކެތި ވިއްކެވުމަށް ޝައުޤުވެރިވެލައްވާ ފަރާތްތަކުން 2015 އޮކްޓޫބަރު 20 ވަނަ ދުވަހުގެ 11:00 އަށް މިބިއުރޯ އަށް ވަޑައިގެން  އަގު ހުށަހެޅުއްވުން އެދެމެވެ. މި ބިއުރޯ ހިގަމުންދާނީ މިނިސްޓްރީ އޮފް ފިނޭންސް އެންޑް ޓްރެޜަރީ ހިނގަމުންދާ އިމާރާތުގައިކަން މަޢުލޫމާތަށްޓަކައި ދެންނެވީމެވެ.

ބީލަމުގައި ހިމަނަންޖެހޭ ލިޔެކިއުން

- ކުންފުނި/އަމިއްލަ ފަރުދުންގެ ވިޔަފާރީގެ ރަޖިސްޓަރީ ކޮޕީ

- އަމިއްލަ ފަރާތެއްނަމަ އެފަރާތެއްގެ އައިޑީ ކާޑު ކޮޕީ

- ޖީއެސްޓީ/ ބީޕީޓީ ސެޓްފިކެޓްގެ ކޮޕީ އަދި، ޖީއެސްޓީ/ ބީޕީޓީ އެންމެފަހުން މީރާއަށް ދެއްކި ރިސިޕްޓްގެ ކޮޕީ

- އަގު ހުށަހަޅުއްވާއިރު ކޮމްޕެނީގެ ޕްރޮފައިލް ހުށަހަޅަންވާނެއެވެ. އަދި ވޭތުވެދިޔަ 5 އަހަރު ތެރޭގައި ކޮށްފައިވާ މިފަދަ މަސައްކަތްތަކާބެހޭ ލިޔެކިއުން ހުރިނަމަ އެ ތަކެތި ހުށަހަޅަންވާނެއެވެ.

ބީލަމުގެ އަގު ހުށަހެޅުން

- ބީލަމަށް އަގު ހުށަހަޅާނީ ދިވެހިރުފިޔާއިންނެވެ.

- އަގު ހުށަހެޅުމަށަފަހު އަގަށް އެއްވެސް ބަދަލެއް ނުގެނެވޭނެއެވެ.

ބިޑް އިވަލުއޭޓްކުރުން

ބިޑް އިވެލުއޭޓްކުރާއިރު ޕޮއިންޓް ދެވޭނެ އުސޫލު:

- އެންމެ ކުޑަ އަގަށް - 70 މާކްސް

- އެންމެ ކުޑަ މުއްދަތު - 20 މާކްސް

- ތަޖުރިބާ - 10 މާކްސް

މިކަމާ ގުޅޭގޮތުން އިތުރު މައުލޫމާތު ސާފުކުރެއްވުމަށް ބޭނުންފުޅުވެލައްވާނަމަ މި ބިއުރޯގެ ނަންބަރު. 3349397 ފޯނާއި ގުޅުއްވުން އެދެމެވެ.

29 ޛުލްޙިއްޖާ 1436

13 އޮކްޓޫބަރު 2015
ހޯދާ